ސިބްކޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ފްރެޝް ބްރޭންޑްގެ ހިކިކިރުގެ ޕެކެޓް ތައާރަފްކޮށްފިއެވެ.

ފްރެޝް ބްރޭންޑްގެ ހިކިކިރު ޕެކެޓު ސިބްކޯ ފުވައްމުލަކު ބްރާންޗުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއެވެ.

ފްރެޝް ހިކިކިރު ޕެކެޓް މިހާރު މާލެ, ހުޅުމާލެ, ފުވައްމުލައް ސިޓީ, އައްޑޫ ސިޓީ އަދި ކުޅުދުއްފުށިންނާއި އަތޮޅުތެރޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެވެ. ފްރެޝް ހިކިކިރު ޕެކެޓުގައި 800, 1800 އަދި 2250 ގްރާމްގެ ޕެކެޓު ހިމެނެއެވެ.