ފުވައްމުލައް ސިޓީގައި ގުރޫޕް ހަދައިގެން ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގައިފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ދައުރުވަމުން ދާ ވީޑިއޯއިން ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި 3 ފިރިހެނެން އަވަދި ނެތި އެއްޖިންސުން ގުޅުންހިންގާ މަންޒަރެވެ.
ބައެއް ވީޑިއޯތަކުން އެމީހުންގެ މޫނު އެހާ ސާފުކޮށެއް ނުފެނެއެވެ. ނަމަވެސް ދައުރުވަމުންދާ އިތުރު ބައެއް ވީޑީއޯތަކުގައި ކޮންބައެއްކަން ސާފުވާކަމަށް ފުވައްމުލައް ޓައިމްސްއަށް މަޢުލޫމާތު ދެއްވި ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރަކީ ދިވެހިރާއްޖޭގައި ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަންގިރު ކިޔާ މީހަކު މާލޭގެ ކޮޓަރިއެއްގައި އެއްޖިންސުން ގުޅުންހިންގާ ވީޑިއޯކޮށް އަދި ބުލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެ ފުލުހުން ބަލަމުންދާަ ދުވަސް ވަރެއްގައެވެ.
މި ވީޑިއޯއާއި ގުޅިގެން އެއްވެސް ބަޔަކު މިހާތަނަށް ހައްޔަރުކުރިކަމެއް އަދި ނޭނގެއެވެ.
ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން މައުލޫމާތު ހޯދުމަށް ފުވައްމުލައް ޓައިމްސްގެ ފަރާތުން ގުޅުމުން އެފާރާތުން ވިދާޅުވީ ޗެކުކުރުމަށްފަހު މަޢުލޫމާތު ދެއްވާނެކަމަށެވެ. ނަމަވެސް އެފަދަ މައުލޫމާތެއް މިއަދު ލިބިފައި ނުވާކަމަށް ފަހުން ވަނީ އަންގާފައެވެ.
ފޮޓޯ:ދައުރުވަމުންދާ ވީޑިއޯގައި އެއްޖިންސުން ގުޅުންހިންގަން ތިބި ކޮޓަރިކަމަށް ބެލެވޭތަން
އިތުރު ތަފުސީލް އަންނަނީ..