އެއް ޖިއްސުން ގުޅުން ހިންގާ މީހުންގެ މައްސަލަތައް ބަލައި އެންމެ ހަރުކަށި އަދަބު ދޭން މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ގޮވާލައިފިއެވެ.

އެމްޑީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ މަންޒަރުތަކެއް ދައުރުވާތައް ފެންނަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

އަދި ވީޑިއޯތަކުން ފެންނަ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި އެ މީހުން މުޖުތަމައުއަށް ދޫވެފައި ތިބި ތިބުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްޑީއޭއިން އިތުރަށް ބުނީ ލިވާތުގެ ލިވާތުގެ އަމަލުތަކަކީ މުޖުތަމައުއަށް އިންތިހާއަށް އަސަރުކުރާނެކަމެއް ކަމަށާއި އަދި ވޭތުވެދިޔަ ޒަމާނުގައި އެއް އުއްމަތަކަށް ﷲގެ ކޯފާ މެދުވެރިިވާން ދިމާވީ ލިވާތުގެ ސަބަބުން ކަމަށެވެ.

“އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެންމެހާ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ އެންމެހަ ފަރާތްތައް މުޖުތަމައުން އެކަހެރިކޮށް ގާނޫނުތަކާއި ގަވައިދުތަކުން ދެވެން އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ އިދާރާތަކަށް އިލްތިމާސް ކުރަމެވެ” އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތައް ލީކުކޮށްލައިފައިވާ އިރު އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.