ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 25 ރަށެއްގެ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށްރަށާ ހަވާލުކޮށްފިއެވެ.

May be an image of 3 people, people standing and outdoors

25 ޑްރެގް ބްރަޝް މެޝިން ރަށްރަށަށް ހަވާލުކުރުމަށް ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަޙުމަދު މަޚުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޑްރެގް ބްރަޝްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފެވެ. ވިނަ ދަނޑުގައި ހެދޭ ވިނަތައް ކޮށުމަށާއި، ޓާފް ދަނޑުތަކުގައި ބްރަޝް އެޅުމަށް މި މެޝިންތައް ބޭނުންކުރެވޭނެއެވެ.

May be an image of 3 people, people standing, outdoors and text that says 'TOTAL WKTS OVERS LIKO'

ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝިންތައް ހަވާލުކުރި 25 ރަށަކީ، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ހދ. ނެއްލައިދޫ، ށ. ފުނަދޫ، ށ. ފޯކައިދޫ، ނ. ކުޑަފަރި، ނ. ވެލިދޫ، ނ. މަނަދޫ، ރ. ދުވާފަރު، ރ. މާކުރަތު، ޅ. އޮޅުވެލިފުށި، ކ. ގުޅި، ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މާމިގިލި، ވ. ކެޔޮދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ސ. ހުޅުދޫ އަދި ސ. ފޭދޫއެވެ.

May be an image of 4 people and grass

މި 25 ރަށުގެ އިތުރުން މިދިޔަ އަހަރުވެސް މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެރަށްރަށަށް ހަވާލުކޮށްފައެވެ. އޭރު މެޝިން ހަވާލުކުރީ ފުވައްމުލައް ސިޓީ، ރ. އަލިފުށި، ދ. މީދޫ، ފ. ނިލަންދޫ، އދ. މަހިބަދޫ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ނ. ހޮޅުދޫ، ލ. ގަން އަދި ކ. މާފުށީގެ އިތުރުން ޅ. ހިންނަވަރަށެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް ވަނީ ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.