ދުނިޔޭގެ ސުލްހައަށް ޒުވާާނުން އަހުލުވެރިކޮށް އަދި މަސައްކަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭއްވި ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް ނިންމާލައި އެވޯޑްތައް ދީފިއެވެ.

އެ ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ޖަމިއްޔާ، ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) އާއި އިންޓަނޭޝަނަލް ޔޫތު ޑިވޮލޮޕްމަންޓް ކައުންސިލް (އައިވައިޑީސީ) އަދި އެހެނިހެން ޖަމިއްޔާތައް ގުޅިގެންނެވެ.

އެ ފޯރަމްއަކީ ދުނިޔޭގެ ވިއްސަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ފޯރަމެކެވެ. ފޯރަމްގައި ޑިޕްލޮމެޓުންނާއި ލޯޔަރުންނާއި ސިޔާސި ފަރާތްތައް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ފަހަރުގެ ފޯރަމްގައި ފަލަސްތީނާއި ސީރިއާާ އަދި ސޫދާން ވެސް ތަމްސީލުކޮށްފައި ވެއެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ފޯރަމް ނިންމާލައިފައި ވަނީ އިއްޔެ އެވެ.

އެ ފޯރަމް ނިންމުމަށް ބޭއްވި ހަފްލާގައި ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށް ވަނީ އެވޯޑް ވެސް ދީފައެވެ.

އެ އެވޯޑް ލިބިލެއްވި ބައެއް ބޭފުޅުންގެ ތެރޭގައި

  • ހައްވާ ޝީނާ މުހައްމަދު (އެކްޒެކިއުޓިވް ކޯޗް، ސްޕީކާ އަދި ޓްރެއިނާ)
  • ރުތު ފްރޭންކްލިކް (ސްޓްރީޓް ޕެރެޑައިސް މޯލްޑިސްގެ ކޯ ފައުންޑާ)
  • އެޑްރިއާނާ ލަވޭރާ ( ކޯޕަރޭޓް ލާނިން އެންޑް ޑިވޮލޮޕްމަންޓް މެނޭޖަރު)
  • މުހައްމަދު ޒާހިދު (ޖެންޑާގެ ސްޓޭޓް މިނިސްޓަރު)