ތުއްތު ދަރިފުޅަށް އެންމެ އަރާމުވާނެގޮތަށް ޑިޒައިންކޮށްފައިވާ ތުރުކީވިލާތުގެ އުފެއްދުމެއްކަމުގައިވާ ކާންޒް ބޭބީ ޑައިޕާޒް ދިވެހިރާއްޖޭގެ ބާޒާރަށް ސިބްކޯ އިން ތަޢާރަފްކޮށްފިއެވެ.
ކާންޒް ބޭބީ ޑައިޕާޒް ތައާރަފްކުރައްވަމުން ސިބްކޯގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ، ހާނީ ނައީމް ވިދާޅުވީ “ކާންޒް ބްރޭންޑް ޔަގީންކޮށްދެނީ މައިމީހާގެ ހިތްހަމަޖެހުން. ސާފުތާހިރު، އިތުބާރު ހިފޭ އަދި ޒަމާނީ ޓެކްނޮލޯޖީ ބޭނުންކޮށްގެން އުފައްފާފައިވާ ކޮލިޓީ ނެޕީއެއްކަމަށެވެ.
ހާނީ އިތުރަށް ވިދާޅުވީ “ކާންޒް ގުޅުވައިދެނީ މަންމައިންގެ އުފަލާއި ތުއްތު ދަރިފުޅުގެ އުފަލާއި އަރާމު. އަދި އެއްވެސް ހާސްކަމެއްނެތި ފުރިހަމަ ހިތްހަމަޖެހުމާއެކު ކާންޒް ބޭބީ ޑައިޕާޒް ބޭނުންކުރުން ކަމުގައެވެ.
ކާންޒް ބޭބީ ނެޕީ ލިބެން ހުންނާނީ ނިއުބޯން ސައިޒުން ފެށިގެން ޑަބަލް އެކްސް އެލް ސައިޒާ ހަމައަށެވެ. މި ބްރޭންޑްގެ ޖަމްބޯ ޕެކެއްގައި 5 ބޮނޑި ހުންނާނެއެވެ. އަދި އިކޮނޮމީ ޕެކުގައި 4 ބޮނޑި ހުރުމާއިއެކު. ބޭބީ ނެޕީގެ އިތުރުން ކާންޒް ބްރޭންޑްގެ ބޮޑެތި މީހުންނަށް ބޭނުންކުރާ އެޑަލްޓް ޑައިޕާޒްވެސް ސިބްކޯ އިން ވަނީ ތައާރަފްކޮށްފައެވެ. ކާންޒް އެޑަލްޓް ޑައިޕާ ލިބެންހުންނާނީ މީޑިއަމް، ލާޖު އަދި އެކްސްޓްރާ ލާޖު ސައިޒުން. ކޮންމެ ކޭހެއްގައި 4 ބޮނޑީގެ 30 ޑައިޕާ އެކުލެވޭގޮތަށެވެ. ކާންޒް ނެޕީއަކީ ފަސޭހައިން ތަތްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ނެޕީއެކެވެ.
ކާންޒް ބޭބީ ޑައިޕާޒް އަދި އެޑަ ލްޓް ޑައިޕާޒް މިގަތު ލިބެން ހުންނާނީ ސިބްކޯ ބާޒާރު، ސިބްކޯ ފުވައްމުލައް، ސިބްކޯ އައްޑޫ، ކުޅުދުއްފުށި އެތުމާ ފިހާރަ، އަދި ޖަނަވަރީ މަގުގައި ހުންނަ ފެމި ލީ ގްރޯސަރ އިން. އަދި މީގެ އިތުރުން ބައެއް ރީޓެއިލް ފިހާރަތަކުންވެސް ލިބިވަޑައިގަންނަވާނެއެވެ.