ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ދިވެހި ޑައިވަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ބަނދަރު ކައިރިއަށް މިއަދު މެންދުރު ޑައިވިންއަށް ދިޔަ ޑައިވަރެކެވެ. އެއީ ފުވައްމުލަކު ނޫވިލު، މުހައްމަދު ސައީދެވެ.
ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ރަށުގައި ތިބި ގިނަ އަދަދެއްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
“ގެސްޓުން ގޮވައިގެން ޑައިވިންއަށް ދިޔައީ ގާތްގަނޑަކަށް 14 މީޓަރަށްކަމަށް ބެލެވެއެވެ. އެ މީހުންނާއެކު ޑައިވިންއަށް ދިޔަ އެކަކު ވަނީ ކުއްލިއަކަށް މައްޗަށް އަރާފައެވެ. އޭނާގެ ހާލު ސީރިއަސްވެ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއްކަމަށް މަޢުލޫމާތު ލިބިފައިވޭ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:45 ހާއިރު. pic.twitter.com/G8bw7865d1
— Maldives National Defence Force (@MNDF_Official) May 2, 2022
އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކު ބަނދަރު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
“ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 2:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެއްކަމަށް މައުލޫމާތު ލިބިފައިވޭ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 3:45 ހާއިރު،” އެމްއެންޑީއެފް އިން ބުންޏެ
އިތުރު ތަފުސީލް އަންނަނީ…