އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންް ނިންމައިފިއެވެ.

އެލްޖީއޭގެެ ބޯޑަށް މި މައްސަލަ ހުށަހަޅުއްްވާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން އެ އޮތޯރިޓީގެ ބޯޑަށް އިންތިހާބުކޮށްފައިވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއެވެ. މި އިސްލާހުު ހުށަހެޅުމަށް ނިންމާފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ނިމާލް ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރޯދަ އިނާޔަށް ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

“އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާ ހޯދައި ދިނުމަށް އަޅުގަނޑު ހުށަހެޅި މައްސަލަ މިއަދު ބޯޑުގައި އެޖެންޑާ ކުރެވި، މަޝްވަރާ ކުރެވުނު. މިކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން މިދިޔައީ އަންހެނުންގެ ކޮމެޓީތަކަށް އުންމީދު ގެނެސްދީފަ. އެ ހައްގު ހޯދައި ދިނުމަށް އަޅުގަނޑު ހުންނާނަން.” ނިމާލް ވިދާޅުވިއެވެ.

މިމައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ފޮޓޯ: އެލްޖީއޭ