ކޮރަޕްޝަންގައި އެމްޑީޕީ މީހުން ތިބީ “މެކިގެން” ކަމަށާއި، ވައްކަމުގެ މައްސަލަތައް ނުބެލިގެން އުޅެނީ އެހެންވެގެންކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒައްތެރި މެންބަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ..
މިއީ އެމްޑީޕީ ލީޑް ކުރާ ސަރުކާރެއް ކަމަށާއި، ހުރިހާ ވައްކަމަކާއި ކޮރަޕްޝަންގައި އެމްޑީޕީ މީހުން ތިބީ “މެކިގެން” ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ނުބެލިގެން އުޅެނީ އެހެންވެގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އާންމު ކުރައްވާނަންތޯ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެން އާދަމް ޝަރީފް އުމަރު ވަނީ އައްސަވާފައެވެ.
Miee MDP lead kuraa sarukaareh. Kurihaa vakkamaai corruption gai MDP ge meehun thibee mekigen. Massalathathah nubelenee ehenve. MDP in zimmaa naganjeheyne!
@MohamedNasheed aiypulhugai oiy corruption report MDP ge election ge kurin aammu kuravvaananthoa?https://t.co/Htc5MZUfHV— Adam Shareef Umar (@Adamshareefz) April 25, 2022
ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށް، ވިދާޅުވެ، އަދި އެ ރިޕޯޓް ހިއްސާކުރައްވަން ޖެހިދާނެ ކަމަށް، ވިދާޅުވެފައެވެ.
މި ސަރުކާރުން ވައްކަމާއި ޚިޔާނަތް ނުބެލޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.