މާލޭގައި މިހާރު ކުރިއަށްދާ ފޯރިގަދަ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022ގައި(ޒޯން 7) ގްރޫޕް ސްޓޭޖުގައި ވާދަކޮށް ފުވައްމުލައް ސިޓީ މާލެގަން ފުޓްބޯޅަ ކުލަބު، ސ.ފޭދޫ ޓީމުގެ މައްޗައް ކުރި ހޯދައިފިއެވެ.
ފުވައްމުލައް ސިޓީ މާލެގަން ފުޓްބޯޅަ ކުލަބު ސ.ފޭދޫ ޓީމުގެ މައްޗައް ކުރި ހޯދާފައިވަނީ އެއްލަނޑުގެ ތަފާތުންނެވެ.
މިމެޗުގައި ސ.ފޭދޫ ޓީމުން ވަނީ ފުވައްމުލައް ސިޓީ މާލެގަން ފުޓްބޯޅަ ކުލަބުގެ ގޯލަށް 2 ލަނޑު ވައްދާފައެވެ.
💕މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކީ ފުވައްމުލައް ސިޓީ މާލެގަން ފުޓްބޯޅަ ކުލަބުގެ އަޖުމަލް އަހުމަދެވެ💕

ސ.ފޭދޫ ޓީމުން ފުވައްމުލައް ސިޓީ މާލެގަން ފުޓްބޯޅަ ކުލަބުގެ ގޯލަށް 2 ލަނޑު ވެއްދި ނަމަވެސް މާލެގަން ފުޓްބޯޅަ ކުލަބުން ވަނީ ސ.ފޭދޫ ޓީމުގެ ގޯލަށް 3 ލަނޑު ވައްދާ މެޗުގެ ލީޑު ނަގާފައެވެ.

މި މުބާރާތުގައި މުޅިރާއްޖެއިން 91 ޓީމު ބައިވެރިވެފައިވެ އެވެ.
