“ވައިލްޑް ސްޓޯން ކޯޑް،ޖީއެންއެފްސީއެސްސީ ހޭންޑް ބޯލް” މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު 16:15ގައި އޮންނާނެކަމަށް މުބާރާތް އިންތިޡާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލުގައި ވާދަކުރަނީ “އެމްޖޭއެސް” އަދި “ފުވައްމުލައް ޕޮލިސް”ގެ ޓީމެވެ.
“އެމްޖޭއެސް”ގެ ޓީމް ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސެމީ ފައިނަލުގައި ހާފިޘް އަހުމަދު ސްކޫލާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ ސްކޯއަކީ “އެމްޖޭއެސް 03 އަދި ހާފިޡް އަހުމަދު ސްކޫލް 02 އެވެ.
މި މެޗްގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ފައިޓެއްދީ އަދި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ދާދި ހަމަހަމަ ގޮތަކަށް މެޗްގެ ކުޅުން ކުރިއަށް ދަނިކޮށް “އެމްޖޭއެސް” ލީޑު ނަގާފައި ވަނީ އެންމެ ފަހު ވަގުތުކޮޅުއެވެ.
މި މެޗްގެ ކުއީން އޮފްދަމެޗަކަށް ހޮވިފައި ވަނީ “އެމްޖޭއެސް” ޓީމުގެ އާމިނަތު ނަބީލާ ޖަލީލް އެވެ.

“ފުވައްމުލައް ޕޮލިސް”ގެ ޓީމް ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސެމީ ފައިނަލުގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ ސްކޯއަކީ”ފުވައްމުލައް ޕޮލިސް” 09 އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް 05 އެވެ.
މި މެޗްގެ ކުއީން އޮފްދަމެޗަކަށް ހޮވިފައި ވަނީ “ފުވައްމުލައް ޕޮލިސް” ޓީމުގެ އަޢުލާ މުހަޢްމަދު އެވެ.

މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.