މަހަލްދީބް ފުވައްމުލައް މެޑިކަލްގެ ފަރާތުން ވަރަށް ކުލަގަދަކޮށް ހެލްތް ފެއާރ އެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޑިސެމްބަރ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހަލްދީބް ހެލްތް ފެއާރ ބޭއްވުމަށް ހަމަޖެހިފައަވަނީ ފުވައްމުލަކު ބަދަރު ސަރަހައްދުގައެވެ. މި ހެލްތް ފެއާރގައި މަހަލްދީބް ފުވައްމުލައްް މެޑިކަަލްއިންެ ދެމުންގެންދާ ހިދުމަތްތަޖުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، އިތުރަށް ތަައަރަފްކުރުމުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ މައުލޫމާތުތަށް ފޯރުކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ޗެކްކުރުމާއި، ހިލޭ ހަކުރު ޓެސްޓްކުރުމާއި، ރަނގަޅު ޑައިޓެއްބޭނުންކޮށްގެން ބަރުދަން ލުއިކުރުމާއި އިސްކޮޅާއި ބަރުދަން ބަލާ ބަރުދަން ލުއިކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުަގެ އިތުރުން ހާއްސަކޮށް ކުޑަކުދިން ދަތްފަނި ކެއުން ނުވަތަ އޯރަލް ހައިޖިން ޗެކްކުރުން ފަދަ ހާއްސަ ރައްޔިތުންށް މުހިންމު ގިނަކަންކަން ވަނީ ކުރުމަށް ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން މަހަލްދީބްގެ ސްޕެޝަލިސްޓުންގެ ތެރޭގައި އަންހެނުންގެ ހާއްެސަ ޑޮކްޓަރާ އެޕޮއިންޓްމެންޓަކާ ނުލާ ބައްދަލްކޮށް އަންހެނުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި، މައްސަރުގެ ކަންކަމަށް ދިމާވާ މައްސަލަތަކާއި އެހެނިހެންވެސް އަންހެނުންގެ މިފަދަ އެކި މައްސަލަތަކާގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ފޯރުކޮށް ބޭނުންވާ މައުލޫމާތުތަށް ދިނުމަށް ވަނީ ހަމަޖެގިފައެވެ.
ފޮޓޯ: މަހަލްދީބް ގެ ޑޮކްޓަރުންނާ ނަރުހުން އަދި އެހެނިހެން ސްޓާފުން މެނޭޖިން ޑިރެކްޓަރ ނައުހާ އިބްރާހިމް އާއެކު!

އަދި މީގެ އަިތުރުން މިކްލިނިކިކްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޑރ މުހައްމަދު މުތުއިމްއަާވެސް މު ފެއާރގައި އެޕޮއިންޓްމެންޓަކާ ނުލާ ބައްދަލްކޮށް ބަލިތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފުަވައްމުލަކު ޓައިމްސް އަށް މައުލޫމާތު ދެއްވަމުން މަހަލްދީބް ފުވައުލައް މެޑިކަލްގެ މެނޭޖިން ޑިރެކްޓަރ ނައުހާ އިބްރާހިމް ވިދާޅުވީ މި ހެލްތް ފެއާރ ހާއްސަކުރެވިފައިވަނީ….
މި އަހަރުގެ މަސްވެރިންގެ ދުވަހަށް ކަމަށް ވުމާއެކު މަަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށް ވުމާއެކު މަސްވެރިންގެ އަގުވަޒަންކޮށް މަސްވެރިންނަށް އުފެދިފައިވާ ލޯބި ހާމަކުރުމުގެ ގޮތުން މަހަލްދީބް މަސްރޭހުގެ ނަމުގައި ވަރަށް ހާއްސަ މުބާރާތެއް މި ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން 16 ޓީމެއް މިހާރު ބައިވެރިވެފައިވާކަމަށެވެ،
TEAM FENAKA FUVAHMULAH
އެގޮތުން ފުވައްމުލަައް ޕޮލިސްޓީމް، ފެނަކަކޯޕަރޭޝަންގެ ޓީމް، އެސްޓީއޯޓީމް، އެމްޓީސީސީ ޓީމް، ކައުންސިލް ޓީމް މީގެ އިތުރުން ރަށުގެ އެކި އެކި ފަރާތްތަކުގެ ވަރަށް ބޮޑު ތަރުހީބަކާއެކު ތަފާތު ނަންތަކުގައި ޓީމްތަށް ބައިވެރިވެފައިވާކަމަށެވެ.

ވާދަވެރިކޮށް ދިޔަކަމުގައިވީނަމަވެސް ބޭނުންވަނީ ވަރަށް އެކުވެރި މަޖާ އަދި ފޯރިގަދަކޮށް މި މުބާރާތް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ނައުޙާ ވިދާަަަަޅުވިއެވެ. މަހަލްދީބް ފުވައްމުލައް މެޑިކަލްގެ ޒަމާނީ ފެންވަރުގެ ޑިޖިޓަލް ލެބޯޓްރީއިން ޔޫރިން ޓެސްޓް، ކޮލެސްޓްރޯލްޓެސްޓް، ސްޓޫލްޓެސްޓް، ތައިރޮއިޑް ޓެސްްޓް ، ހޯމޯން ޓެސްޓްފަދަ ގިނަ މުހިންމު ޓެސްޓްތައް ހެދޭނެކަމަށާއި . ދަތްޖެހުމާއި ދަތްޕިލަ ޖެހުމާއި، ނަރުގަޑުއެޅުވުމާއި، ދަތުގެ އެކްސްރޭގެ އިތުރުން ދަތުގެ ކެޕްލެއްވުން، ފުޓުނި އެޅުން ، ދަތާއި ހިރުގަޑުގެ ސާޖަރީ ފަދަ ދަތުގެ ފަރުވާގެ ހުރިހާ ހިދުމަތެއް ލިބެންހުންނާނެކަމަށާައި,
އަދި ހާއްސަކޮށް އަންހެނުންގެ ސްކޭންގެ ހިދުމަށް މުޅިން ހިލޭ ލިބޭއިރު ބްރެސްޓްކެންސަރ ސްކްރީނިން އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސާރ ސްކްރީންގެ ހިދުމަތްވެސް ދެމުންގެންދަނީ މުޅިން ހިލޭކަމަށް ވެސް މަހަލްދީބްގެ މެނޭޖިން ޑިރެކްޓަރ ނައުހާ ވިދަާޅުވިއެވެ.

ނައުހާ އިތުރަށް ވިދާޅުވެފައިވަނީ މަހަލްދީބްގެ އަމާޒަކީ އަދި އަބަދުވެސް މަސައްކަތް ކުރަަމުން ގެންދަނީ ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކޮށް ބޭނުންވެފައިވާ ސިއްހީ މައްސަލަތާއި ދަތިތަށް ދެނެގަނެ އެފަދަ މައްސަލަ ހައްލުކޮށްދިނުމުގައި އެކަށީގެންވާ އަގުތަކެއްގައި އަބަދުވެސް މި ފަދަ ސިއްހީ ހިދުމަތްތަށް ރަނގަޅުފެންވަރެއްގައި ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމުގައެވެެ.

އަދި މިހާރުވެސް މަހަލްދީބް ފުވައްމުލަކުގެ ޓީމަަށް ދެއްވާ ލޮއެއްބާއި ކުރައްވާ އިތުބާރާށް ޝުކުރު އަދާކުރައްވާ ކަމަށާއި ޑިސެމްވަރ 10 ވަނަ ދުވަހު މަހަލްދީބް ހެލްތް ފެެއާރއަށް ވަޑައިގެން ސިއްޙީ ގިނަ މައުަލޫމާތުތަކެއް ލިބިގަތުމަށާއި މަހަލްދީބް މަސް ރޭހުގައި ބައިވެރިވެފައިވާ ޓީމްތަކަށް ސަޕޯޓްކޮށްދިނުމަށް ވަރަށް. ބޮޑަށް އެދިފައެވެ މަހަލްދީބް ހެލްތް ފެއާރ ކުރިއަށް ދާނީ ޑިސެމްބަރ 10 ވަނަ ދުވަހު 16:00 އިން ފެށިގެން ފުވައްމުލަަކު ބަދަރު ސަރަހައްދުގައެވެ.
މަސްރޭހަށް ޓީމްތަށް 16:00 ފުރަން ހަމަޖެހިފައިވާއިރު ޓީމްތަށް ރޭސް ނިންމުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ،މަސް ރޭސް ނިންމުމާއި 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ހޮވުމުގެ ގޮތުން ވަރަށް ކުލަގަދަ ހަރަކާތްތަކެއް ރޭވިފައިވާކަމަށްވެސް މަހަލްދީބު ފުވައްމުަލަކުން މައޫލޫމާތު ދެއެވެ. މި ހެލްތް ފެއާރ އަދި މަސް ރޭހަކީ ފުވައްމުަލަކުގެ ތާރީހުގައިވެސް ބޭއްވޭ މިފަދަ އެންމެ ބޮޑު މަސްރޭސްކަން ފާހަގަކުރެވެއެވެ.
