“ވައިލްޑް ސްޓޯން ކޯޑް،ޖީއެންއެފްސީއެސްސީ ހޭންޑް ބޯލް”ގެ ނަމުގައި، ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުން ބާއްވާ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލް ވެއްޖެއެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލުގެ މެޗްތަކެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެފައި އޮތީ” އެމްޖޭއެސް” އާއި “ހާފިޡް އަހުމަދު ސްކޫލް”ޓީމެވެ.

ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެފައި ވަނީ “ބްރައިޓްވޭ ފުވައްމުލައް އިންޓަނޭޝަނަލް ސްކޫލް” އަދި “ފުވައްމުލައް ޕޮލިސް ރިކްރިއޭޝަން”ގެ ޓީމެވެ.

އަދި މޫސުން ތަންދޭނަމަ ކެންސަލްވި މެޗްތައް ކުޅޭނީ މާދަމާ އެވެ.

FUVAHMULAH POLICE RECREATION CLUB

May be an image of text

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވަނީ 05ޑިސެންބަރ2021 ވަނަ ދުވަހު ހެނދުނު 08:15 އިން ފެށިގެން 14:00އާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ.

“ވައިލްޑް ސްޓޯން ކޯޑް،ޖީއެންއެފްސީއެސްސީ ހޭންޑް ބޯލް”ގެ ނަމުގައި، ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުން ބާއްވާ އަންހެނުންގެ ހޭންޑްބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 28 ނޮވެމްބަރ ދުވަހުގެ ހަވީރުއެވެ. ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ދެކުނުދާއިރާގެ އިއްޒައްތެރި މަޖުލިސް މެމްބަރު މުމްތާޡް މުހައްމަދު އެވެ.

މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 8 އަށެވެ.