ސައިކަލު ރޯކޮށްލި ހާދިސާއާއެކު ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އެ ރަށުން ފައިބައިފިއެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސައިންގެ ސައިކަލު ރޯކޮށްލުމާއި ގުޅިގެން ތިން ކުދިންނާ އަންހެނުންނާއެކު އަމްޖަދު ބާރަށުން ފުރީ، ރަށު ސްކޫލުން ވަކިވެގެންކަމެއް އަދި ޔަޤީނެއް ނޫނެވެ.

ބާރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް ފުވައްމުލައް ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ”އަމްޖަދުގެ އާއިލާއަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާކަމަށް ބެލެވޭ ކަމުގައެވެ.

އަމްޖަދު ހުސެއިނަކީ ނ. ވެލިދުއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނަ މިވަގުތު ށ. އަތޮޅުގެ ސްކޫލަކަށް ބަދަލުވުމަށް އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންތަކެއް ދާދި ފަހުން ވަނީ  ދީފައެވެ.

އެ ހާދިސާ ހިނގާފައިވަނީ 23- ނޮވެމްބަރ ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އާއި 3:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެކަން ކޮށްފައިވަނީ ކޮން ބައެއްކަން އަދި އެނގިފައި ނުވާ އެރަށު މީހަކު މައުލޫމާތު ދިނެވެ.

އެރަށު ސްކޫލުގެ ޕްރިންސިޕަލް ދިރިއުޅުއްވާ ގެއަކީ ވަށައިގެން އުސްކޮށް ފާރު ރާނައި ގޭޓެއް ހަރުކޮށްފައިވާ ގެއެކެވެ. ބެލެވޭ ގޮތުގައި ސައިކަލުގައި ރޯކޮށްފައި ވަނީ ފާރުމަތިން ބަޔަކު މީހުން އަރައިގެން ކަމަށެވެ.

“ގާތްގަނޑަކަށް 10 ފޫޓުގެ ފާރު ވަށައިގެން ރާނާފައި ހުންނާނީ. ހީވަނީ ފާރުމަތިން އަރައި ސައިކަލު ރޯކޮށްލުމަށްފަހު ދެން ތަޅު ހަލާކު ކޮށްލައި ބޭރަށް ނުކުތީހެން” އެރަށުން މައުލޫމާތު ދިން މީހަކު ކިޔާދިނެވެ.

ފޮޓޯ:ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްފައި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. މިކަމުގައިވެސް ކޮންމެވެސް ސަބަބެއް ވާނެއެވެ.

މިފަހަކަށް އައިސް ބައެއް ޕްރިންސިޕަލުންގެ އަމަލުތައް ހުންނަގޮތުން ރާއްޖޭގެ ސިޓީތަކުގައި ވެސް ޕްރިންސިޕަލުންނާއި ދެކޮޅަށް ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ. ޓީޗަރުންނާއި ފޮށުމާއި މުވައްޒަފުންގެ ކެރިއަރ ތާއަބަދަށް ބަރުބާދުކުރުމާއި، މީސްމީހުންގެ އަނބިންނަށް ދަންވަރު ފޯނުކުރުމާއި ބެލެނިވެރިންނަށް ސްކޫލުގެ ދަރިވަރުންނާއި ގުޅުމެއް ނެތް ކަންކަމުގައި ހެދިކާ ހަދަން މަޖުބޫރު ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.