އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވުމާއިއެކު މަހްލޫފު ޕްރޮސިކުއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ރައްދުދެއްވައިފިއެވެ.

މަހުލޫފު ވިދާޅުވެފައި ވަނީ  ޝަމީމްގެ ނިންމުމަކީ ކަނޑައެޅިގެން ޒާތީ ނިންމުމެއް ކަމުގައެވެ.

ކަނޑައެޅިގެން ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ މިޗެޓްލޮގުން އެކަނި ހާމަވާނެކަމުގައެވެ.
ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ” ފުއްޕާވަރަށް އަދި ސައިޒުވާ” މިންވަރުގެ މައްޗަށް.
އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެކަމުގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވުމާއިއެކު މަހްލޫފުގެ އަންހެނުން ނަޒްރާ ނަސީމް ވަނީ ޕްރޮސިކުއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް “ސައިކޯ”އަށް ގޮވައިފަ އެވެ

މަހްލޫފްގެ އަނބިކަބަލުން  ނަޡުރާ ޕީޖީ ޝަމީމަށް “ސައިކޯ”އަށް ގޮވާފައިވަނީ ދާދި ދެންމެއަކު އޭނާ ކުރި ޓްވީޓެއްގަައެވެ.

އެ ޓްވީޓުގައި ނަޒޫ ވަނީ މަރުހަބާ ކިޔާ ސައިކޯގެ ލަގަބާއިއެކު ޕީޖީއަށް ޓެގްވެސް ކޮށްފައެވެ.

your image