ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ފޯނު ބްރޭންޑަކަށް ވެފައި ވަނީ އެޕަލްއެވެ. އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރޭއިރަށް ދިވެހިން ތިބޭނީ ގަންނަން ތައްޔާރަށެވެ. ހާއްސަކޮށް އެޕަލްގެ ފޯނުތަކެވެ. މިހާރު ރާއްޖޭގައި އެޕަލްގެ އުފެއްދުންތައް ވަރަށް ބޮޑަށް ހިނގައެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އެޕަލްގެ އުފައްދުންތަކަކީ ނަމްބަރު ވަންއެވެ. އެޕަލްގެ އުފައްދުންތަކުގެ ތެރޭގައި ހިމެނޭ ފޯނާއި، މެކްބުކާއި،އައިޕެޑާއި، އެއާޕޯޑްސް މިއީ ދިވެހިންގެ ތެރޭގައި އެންމެ ހިނގާ އުފެއްދުންތަކެވެ. މި އުފެއްދުންތައް ރާއްޖޭގައި އެންމެ ރަނގަޅު އަގެއްގައި ލިބޭނެ އެއްތަނަކީ ޓެކްމޯ މޯބައިލްސްއެވެ.

އެ ފިހާރައިން އެޕަލްގެ ހުރިހާ ޕްރޮޑަކްޓްސްތަކެއް ލިބެން ހުންނާނެވެ. އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓްސްތައް ރާއްޖޭގައި ލިބޭ އެންމެ ރަނގަޅު އަގެއްގައި އެ ފިހާރައިން ލިބެން ހުންނައިރު، އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް މި ފިހާރައިން ދޭނެއެވެ. ފާށަނާކިލޭގެފާނު މަގު (ބާއިންޖީނުގެ ފުރަގަސްމަގު)ގައި ހުންނަ އެ ފިހާރައިން ކަސްޓަމަރުން ބޭނުންވާ ކުލައެއްގެ ބޭނުންވާ ރެމެއްގެ ބޭނުންވާ ގޮތަކަށް “ކަސްޓަމައިޒްޑް” އެޕަލްގެ ޕްރޮޑަކްޓްތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ފާށަނާކިލޭގެފާނު މަގު (ބާއިންޖީނުގެ ފުރަގަސްމަގު)ގައި ހުންނަ ޓެކްމޯ މޯބައިލް ފިހާރަ

ޓެކްމޯ މޯބައިލްގެ އޮފިޝަލަކު ވިދާޅުވީ، އެ ފިހާރައިން އެންމެ ފަހުގެ އެޕަލްގެ ހުރިހާ ޕްރޮޑަކްޓްސްތަކެއް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން މިވަގުތު ލިބޭ އެންމެ ރަނގަޅު އަގުގައި އެ ފިހާރައިން އެޕަލްގެ އުފެއްދުންތައް ލިބޭނެކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މި ވިއްކަނީ އެޕަލްގެ ޖެނުއިން ޕްރޮޑަކްޓްތައް، އެއީ އެޕަލްގެ އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކު އަދި ފޯނަށް މައްސަލައެއް ދިމާވެއްޖެނަމަ ރާއްޖޭގައި ހުންނަ އޮތޮރައިޒް ސާވިސް ސެންޓަރު މެދުވެރިކޮށް ފޯނުގެ މައްސަލަތައް ހައްލުވެސް ކޮށްދޭނަން.” އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ފިހާރައިން ސެމްސަންގްގެ އެންމެ ފަހުގެ ފޯންތަކާއި، ރެޑްމީ، އާއި ޒިއޯމީ ފަދަ ބްރޭންޑްތަކުގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ. އޭގެ އިތުރުން ފޯނާއި ގުޅުން ހުރި އެސެސަރީސްވެސް އެންމެ ހެޔޮ އަގުގައި އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ފިހާރައިގެ ވެރިޔާ ވިދާޅުވިއެވެ.