ޙާފިޘު އަޙްމަދު ސްކޫލްގެ މެނޭޖުމެންޓްގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ފުވައްމުލައް ސިޓީގެ އެހެން ސްކޫލް ތަކަށް ބަދަލު ކޮށްފިއެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު އަޙްމަދު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި އެސްކޫލްގެ ލީޑިންގ ޓީޗަރ ޚަދީޖާ އިބުރާހީމް ވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ޓީޗަރ ކަމަށް ނުވަތަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުކުރުމަށް ނިންމަވާފައެވެ. 

ހޭޒުގެ މެނޭޖުމެންޓަށް  ބޮޑެތި ބަދަލު ތަކެއް މިގެނައީ އެސްކޫލްގެ ޕްރިންސިޕަލާއި މެނޭޖުމެންޓާއި ޓީޗަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ތަކެއް އުފެދުމުގެ ސަބަބުން ބެލެނިވެރިން އިންތިހާއަށް ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަފުދެއް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެސްކޫލްގެ ހާލަތު ވަޒަން ކުރުމަށްފަހު ޕްރިންސިޕަލުގެ ބަހަށެވެ.

ޕްރިންސިޕަލް ކުރިން އުޅުއްވި ބިލެއްދޫ ސްކޫލުގައިވެސް އޮތީ ބައިބައިވުން އުފެދިފައި ކަމަށް އެރަށުން މީހަކު މައުލޫމާތު ދެއްވިއެވެ. އަދި ދާދިފަހުން އަނބިކަނބަލުން ބަލާ ދިއުމުން ބަފާބެ ފޮނުވަން ބޭނުންނުވާ ކަމުގައި ވެސް މައުލޫމާތު ދިނެވެ. މީގެ އިތުރުން އަމިއްލައަށް ތިމާގެ ޤާބިލުކަމާއި އެ މުނާސަބަތަކަށް ޚާއްސަ ގޮޅިޖެހި މޮޅު ގަމީސް ތުރުކުރައްވާ ވާހަކަދެއްކުމުގެ އިތުރުން، މޮޅުވާހަކަ ދައްކަވާ ޕްރިންސިޕަލެކެވެ. މިގޮތަށް ޕްރިންސިޕަލް ވާހަކަ ދައްކަވާތީ ބައެއް ޓީޗަރުން ޕްރިންސިޕަލަށް ޖެއްސުންކޮށް މަލާމާތް ކުރުމުގެ ގޮތުން ވަތް ބަހުން ފޭސްބޫކުގައި ނުސީދާކޮށް ޕޯސްޓްވެސް ކުރެއެވެ. އެގޮތުން ތިރީގައި މިވަނީ އެ ސްކޫލުގެ ޓީޗަރަކު ލިއުއްވާފައިވާ ޕޯސްޓެއްގެ ޝޮޓެކެވެ.

Erased Anime Posters | Redbubble
Pls click to find shot