އަހަރު ބާއްވާ ގައުމީ ސާފިންގ ޗެމްޕިއަންޝިޕް “ރަންނަމާރި ޗެލެންޖް 1443″ ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މި މުބާރަތް ބާއްވާ މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނުން ވަނީ ޑިޖިޓަލް ޕާޓްނަރެއް ގޮތުގައި އުރީދޫއާއެކު ސޮއިކޮށްފައެވެ.

މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނުން ޔޫތު މިނިސްޓްރީއާގުޅިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވަނީ، މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

މި މުބާރާތުގައި 25 ރަށަކުން 102 އެތުލީޓުން ބައިވެރިވާނެކަމަށް ސާފިންގ އެސޯސިއޭޝަނުން ބުނެއެވެ.

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ އައިއެސްއޭ ސެޓިފައިޑް ދިވެހިންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުން ކުރާ ފުރަތަމަ މުބާރާތައް މި މުބާރާތް ވެގެންދާނެކަމަށް މި މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.