މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ވޮލީބޯޅަ ކުޅިވަރު ދިރުވާއާލާ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރެއްވި 25 ވޮލީ ކޯޓުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާ ހިމެނި އެދާއިރާގައި ފެންވަރު ރަނަގަޅު ވޮލީ ކޯޓެއް އެޅުމަށް ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމާފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން  ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހަޢްމަދު މުމްތާޡް އަދި ފުވައްމުލައް ސިޓީގެ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލައް ސިޓީ އިދާރީ ގޮތުން ބެހިފަ އޮންނަނީ 3 ދާއިރާއަށެވެ. އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާގައި ހިމެނެނީ ފުނާޑު އަދި ދޫނޑިގަން އަވަށެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އަޅުއްވާދެއްވާ މި ވޮލީ ކޯޓް މިފަހަރު އެޅުމަށް ހަމަޖެހިފައި ވަނީ ފުނާޑު އަވަށުގައެވެ. އެހެން ކަމުން ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހަޢްމަދު މުމްތާޡް ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފަށް ޝުކުރު އަދާކުރައްވާފައެވެ.

ދެކުނު ދާއިރާގެ ފުނާޑު އަވަށުގައި މިފަހަރު އެޅުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓް އެޅުމަށް ހަމަޖެހިފައި ވަނީ ތިރީގައިމިވާ ވީޑިއޯއިން ފެންނަގޮތަށް ސިޑިބަރި ހިމަނާގެންނެވެ. އަދި މި ކޯޓް އެޅުމަށް ނިންމާފައި ވަނީ “ކަނދޮވަލި” ދަނޑުގައިކަމަށް މަޢުލޫމާތު ލިބެއެވެ.

May be an image of 1 person, standing, tree and sky

ފޮޓޯ ކުރެޑިޓް އެމްޕީ މުމްތާޘް ފޭސް ބޫކް ޕޭޖް

ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގައި ހިމެނޭ ދޫނޑިގަން އަވަށުގައި ރަނގަޅު ފެންވަރެއްގެ ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށްދާކަން  ފާހަގަކޮށްލެވެއެވެ.

May be an image of standing, tree and body of water

ފޮޓޯ ކުރެޑިޓް އެމްޕީ މުމްތާޘް ފޭސް ބޫކް ޕޭޖް (ކުލިކް)

ފުވައްމުލައް ސިޓީއަކީ ވޮލީ އަދި ފުޓް ބޯޅަ ފޯރި ގަދަ ސިޓީއެކެވެ.