ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖުލީހުގެ އިއްޒައްތެރި މެންބަރ މުހަޢްމަދު މުމްތާޡް ބެޑްމިިންޓަން އެސޯސިއޭޝަނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި  ފުވައްމުލަކު ދެކުނު ދާއިރާގެ ބެޑުމިންޓަން ކުރިއެރުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ބެޑްމިންޓަން ގެ ޙަރަކާތްތައް ލާމަރުކަޒީކޮށް ކުރިއަށް ގެންދިއުން ކަމުގައި އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ޒޯންތަކަށް ކުޅިވަރު ފުޅާކޮށް ސަރަހައްދީ ޓޯނަމެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެނެކަމަށް ވަނީ ބުނެފައެވެ.

May be an image of 1 person, standing and indoor