ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި، ހިއްސާ ލިބެމުންދާކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވެފައި ވަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ތަހުނިތާ ރާއްޖޭގެ ޒުވާނުންނަށް ފޮނުވައި ނައިބު ރައީސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި، ހިއްސާ ލިބެމުންދާކަމަށްޓަކައި  ޝުކުރު އަދާ ކުރައްވާ، ނައިބު ރައީސް ވިދާޅުވީ” މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި، މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައި ދިނުންކަމަށެވެ. އެކަން ކުރުމުގައި ސަރުކާރު ދެމި އޮންނާނެކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާއަށް ޝުކުރު ދަންނަވަން. މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުން.

– ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީ 1999 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

May be an image of 3 people and people smiling
FIS CUP ( FAISAL CUP ) 2008 – FINAL MATCH — At Fuvahmulah

ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް އަދި އެ ޒުވާނުންގެ އުފަލާއި މުނިފޫހިފިލުވައިދިނުމަށް ނައިބު ރައީސް ފައިސަލް ވަނީ މީގެ 32 އަހަރު ކުރިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޒުވާނުންނަށްޓަކައި ހިންގެވި ތަފާތު ޕްރޮގްރާމްތަކާއި، ކުރިއަށް ގެންގޮސްދެއްވި ތަފާތު އެކި މުބާރާތްތަކުގެ އިތުރަށް ފުވައްމުލަކު ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ނައިބު ރައީސް ފައިސަލް ވަނީ ބޮޑު ހޭދައެއް ކުރައްވާފައެވެ. އަދި އެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ފައިސަލް ފަައުންޑޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެކެވެ.

May be an image of Faisal Naseem

ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22 ވަނަދުވަހެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށްވާތީއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކިސަރަހައްދުގައި ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީގައިއެވެ. ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާމަޔަށް މިދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި 18 ފަރާތަކަށްް ޔޫތު އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.