ފުވައްމުލައް ހޮސްޕިޓަލް ހިންގުން ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރު ހަމަޖައްސަވައިފިއެވެ. 

ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ”ފުވައްމުލައް ޓައިމްސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ”ހޮސްޕިޓަލް ހިންގުން ޟިރާރާއި ހަވާލުކުރި ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަޙްމަދު ސައީދު މިއަދުން ފެށިގެން  އަހަރީ ޗުއްޓީ ނެންގެވުމަށްފަހު މިއަދު މާލެވަޑައިގަންނަވާ ކަމަށެވެ.”

ފުވައްމުލައް ހޮސްޕިޓަލްގެ ހިންގުން ޟިރާރާއި ހަވާލުކުރި މިދަނޑިވަޅަކީ ހޮސްޕިޓަލްގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންދާ ދަނޑިވަޅެއެކަން ފާހަގަކޮށްލަމެވެ.  ގެންދަވަނިކޮށެވެ. 

މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ހޮސްޕިޓަލްގެ ހިންގުން އަޙްމަދު ސަޢީދު ހަވާލު ކުރެއްވި ކަމުގައި ވިޔަސް އަޙްމަދު ސައީދުގެ ބެލެމުގެ ދަށުން ހޮސްޕިޓަލް ހިންގަމުންދާތާ 2 އަހަރާއި ބައިވާން ކާރިވެފައިވާއިރު ފާއިތުވެގެން މިދިޔަ ދުވަސް ތަކުގައި ހޮސްޕިޓަލްގެ ހިންގުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވުމުގެ ސަބަބުން އެތައް އާއިލާ ތަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވާއިރު ބައެއް ފަރާތްތަކުގެ ފުރާނާއަށް ނުރައްކާވާ ފަދަ އެތައް ހާދިޘާތައް ހިނގަމުންދާތީވެ ރައްޔިތުންގެ ނުރުހުންތެރިކަން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިކަމުގެ ސަބަބުން އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ފުވައްމުލައް ސިޓީ ކައުންސިލުންނާއި  ފުވައްމުލައް ސިޓީގައި އުޅެމުންދާ އެމްޑީޕީގެ އިސްފަރާތްތަކުން އަޙްމަދު ސަޢީދު ބަދަލް ކުރުމަށް ނުވަތަ އޭނާގެ ބަދަލުގައި ހޮސްޕިޓަލްގެ ހިންގުން އެހެން ބޭފުޅަކާ ހަވާލު ކުރުމަށް ސަރުކާރަށް ޕްރެޝަރ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. 

ފުވައްމުލައް ހޮސްޕިޓަލްގެ ހިންގުން ޟިރާރާއި ހަވާލުކުރި ކަމުގައި ވިޔަސް އަޙްމަދު ސައީދު އައްޔަން ކޮށްފައިވާ ވަޒީފާއިން އޭނާ ވަކިކޮށްފައެއް ނުވެއެވެ. އެހެންކަމުން އަޙްމަދު ސައީދު އަހަރީ ޗުއްޓީ ނެގުމުގެ ބޭނުމަކީ ޟިރާރުގެ ދަށުން މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށާއި އަދި ޟިރާރުގެ ދަށުން މަސައްކަތް ކުރަންޖެހޭނަމަ މަގާމުން އިސްތިއުފާ ދިނުމަށް އަޙްމަދު ސައީދު ނިންމަވާފައި ކަމުގެ އޭނާގެ އަރިސްބޭފުޅަކު ވަނީ ”ފުވައްމުލައް ޓައިމްސް” އާ ހިއްސާކޮށްފައެވެ. 

ހޮސްޕިޓަލްގެ ހިންގުން ހަވާލުކުރި މުޙައްމަދު ޟިރާރަކީ ފުވައްމުލަކު މިސްކިތްމަގު އަވަށު ކައުންސިލަރގެ މަގާމައި އެއަވަށު ކައުންސިލްގެ ރައީސް ކަމާއި ނިމިގެންދިޔަ ދައުރުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމު އަދާކޮށްފައިވާ އެމްޑީޕީގެ ނުފޫޒުގަދަ ބޭފުޅެކެވެ. އެހެންނަމަވެސް ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުގެ މެދު ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ޕްރައިމަރީން އޭނާއަށް ވަނީ ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ.

ފުވައްމުލައް ޓައިމްސްގެ ފަރާތުން މިފުރުސަތުގައި މުޙައްމަދު ޟިރާރަށް މަރުހަބާއި ތަހުނިޔާ ބަރުތީލަކުރަމެވެ.