ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި  މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމުގައިވާ އުރީދޫން އަތޮޅުތެރޭގައި އިންތިޒާމު ކޮށްގެން ބާއްވާ އުރީދޫ އަތޮޅުދުވުމުގައި ފުވައްމުލައް ސިޓީ ތަމްސީލު ކުރައްވާ އެމްބެސަޑަރަކަށް ކުރީގެ އަތޮޅު ކައުންސިލަރ އަހުމަދު މުޖުތަބާ ހަމަޖައްސާފިއެވެ.

ވާޗުއަލްކޮށް ބާއްވާ މި ދުވުމުގެ ފުވައްމުލައް ސިޓީގެ އެމްބެސަޑަރު ހަމަޖައްސާ އެކަން އުރީދޫން އަންގާފައ ިވަނީ އިއްޔެ މީސް މީޑިއާ މެދުވެރިކޮށެވެ.

ރާއްޖެއަށް ޚިދުމަތް ދިނުމުގައި މިހާރު 16 އަހަރު ފުރިފަައިވާ އުރީދޫގެ އަތޮޅު ދުވުމުގައި، މި އަހަރު ވެސް ފަސް ކިލޯ މީޓަރުގެ ކެޓެގަރީ ހިމެނޭއިރު މުޅިން އަލަށް މިއަހަރު ވަނީ 10 ކިލޯ މީޓަރުގެ ކެޓެގަރީ ވެސް ތައާރަފްކޮށްފައެވެ.

މި ދެ ކެޓަގަރީގައި ވެސް ބައިވެރިވާން ބޭނުންވާ ދުވުންތެރިން ވަކިން ރެޖިސްޓްރީކޮށް ޖުމްލަ 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ ކަަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ އަތޮޅުދުވުން ހުޅުވާލައިފައިވަނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ. މި ހިނގާ އޯގަސްޓު މަހުގެ އެކަކުން 7ކާއި ދޭތެރޭ ކޮންމެ ވަގުތެއްގައިވެސް މި ދުވުން ފުރިހަމަ ކުރެވޭނެއެވެ.

އުރީދޫން ވަނީ “އުރީދޫ އަތޮޅުދުވުން”ގެ ހުރިހާ އަތޮޅެއް ތަމްސީލުކުރާ އެމްބެސަޑަރުން ދައްކާލާފައެވެ.

އުރީދޫ އަތޮޅުދުވުމުގެ އެމްބެސްޑަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ…

▪︎ އަހުމަދު މުޖުތަބާ- ޏ. އަތޮޅު ( ފުވައްމުލައް ސިޓީ )
▪︎ ރަމީޒް- އއ. އަތޮޅު
▪︎ މުޙައްމަދު މަދީން- ބ. އަތޮޅު
▪︎ އިހުމާ ހަސަން- ދ. އަތޮޅު
▪︎ އައިމިނަތު މަލްދާ- ފ. އަތޮޅު
▪︎ ސާޖިން- ގއ. އަތޮޅު
▪︎ މައުމޫން ޢަބްދުއްސައްތާރު- ހއ. އަތޮޅު
▪︎ މުޙައްމަދު ފަޔާޒް- ލ. އަތޮޅު
▪︎ އަބްދުއްލަތީފް ހަސަން- ރ. އަތޮޅު
▪︎ އަބްދުﷲ ޔާސިރް- ނ. އަތޮޅު
▪︎ އަހްމަދު ސަމީހް- މ. އަތޮޅު
▪︎ ހުމައިދް އަބްދުއްރައްޒާޤް- ޅ.އަތޮޅު
▪︎ މަރިޔަމް އަފްޒާ ނައީމް- ގދ. އަތޮޅު
▪︎ އާތިފް އިބްރާހިމް- އދ. އަތޮޅު
▪︎ އަޒްވަރު ހަސަން- ތ. އަތޮޅު
▪︎ އަހްމަދު ޒާހިދު- ށ. އަތޮޅު
▪︎ އައިޝަތު މިޒްނާ- ހދ. އަތޮޅު
▪︎ ހަސަން ސިނާން- ވ. އަތޮޅު
▪︎ އައިޝަތު އަފީފާ- ސ. އަތޮޅު (އައްޑޫ ސިޓީ)
▪︎ މަރިޔަމް ލީނާ- ކ. އަތޮޅު

އުރީދޫ އަތޮޅުދުވުމުގައި ބައިވެރިވާން ރެޖިސްޓްރީވުން ވަނީ މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައެވެ.