ނައިބް ރައީސް ފައިސަލް ނަސީމް ކ. ގުރައިދޫ އަށް ވަޑައިގެން އެ ރަށު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެ ޒިޔާރާތުގައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަރުކަޒުގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސް އޮޅުންފިލުވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އެ ރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ނައިބު ރައީސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

May be an image of 2 people, people sitting, people standing, eyeglasses and indoor

މީގެ އިތުރުން ނައިބު ރައީސް ވަނީ އެރަށުގެ ބިން ހިއްކާ ސަރަހަޢްދުވެސް ބައްލަވާލެއްވުމުގެ އިތުރުން އެރަށު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

May be an image of 2 people, people standing and outdoors

އެމަނިކުފާނު ގުރައިދޫ އަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.