ދިވެހިރާއްޖޭގެ އިއްޒައްތެރި ނައިބު ރަޢީސް ފައިސަލް ނަސީމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އުފަންދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.

އެކަމަނާ ނައިބު ރައީސަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ވަނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ނައިބު ރައީސް އެންމެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަން، ކުރެއްވި ޓްވީޓެއް ރީ ޓްވީޓް ކުރެއްވުމަށް ފަހު އެމަނިކް ފާނު ޓެގް ކުރައްވާފައެވެ.

އެކަމަނާ ވިދާޅުވެފައި ވަނީ.. “އީދު މުބާރަކް” އަދި ވެރީ ހެޕީ ބާތްޑޭ ޓް ޔޫ “ވީޕީ” އެވެ

ނައިބު ރައީސް ފައިސަލް ނަސީމްގެ އުފަންދުވަހަކީ ޖުލައި މަހުގެ 20ވަނަ ދުވަހެވެ. ޖުލައި މަހުގެ 20ވަނަ ދުވަސް މިފަހަރު ދިމާވެފައި ވަނީ ބަރަކާތް ތެރި އަޟްޙާ ޢީދު ދުވަހާއެވެ. ނައިބު ރައީސްގެ އުފަންދުވަހާއި ގުޅިގެން ގިނަބަޔަކު ވަނީ އެމަނިކުފާނަށް ތަޙުނިޔާ އަރިސްކޮށްފައެވެ.