ރައީސް ޔާމީނުގެ ސަރުކާރުން ފުވައްމުލަކު ސިޓީގައި ޤާއިމު ކޮށްފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ މަސައްކަތްތައް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދު ބައްލަވާލައްވައިފިއެވެ.

އެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ސައީދު ވަނީ މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތް ކުރާ ފަރާތްތަކާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އެއަށްފަހު ފުވައްމުލަކު ސިޓީ ކައުންސިލާއި ވެސް ބަައްދަލުކޮށް ފޮޓޯ އެއްނަންގަވާ ކައުންސިލަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

ފެނަކަ އިން ބުނެފައިވަނީ ފޮޓޯސެޝަނުގައި ފުވައްމުލަކުގެ ނަރުދަމާއަށް މެނޭޖުނުކުރެވިގެން ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން ކުރިއަށް ގެންދާ މަސައްކައްތަކުގެ ފަހުގެ މައުލޫމާތު އެ ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް މެނޭޖް ނުކުރެވިގެން ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. އެ މަޝްރޫއަށް 43 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ީ ސައީދަކީ ކޮރޮޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ނޫސްތަކުގެ ހެޑުލައިނަށް މީގެ ކުރިން އަރާފައިވާ ފަރާތެކެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމަށް މެނޭޖުނުކުރެވިގެން ދިމާވެފައިވާ މައްސަލަ ތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން އަމަލީ މަސައްކަތް ފަށާފައި ވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފުވައްމުލައް ސިޓީގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ. މި މަޝްރޫއަކީ ކުވައިތު ފަންޑުން 155 މިލިއަން ރުފިޔާއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 142 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.

ޖުމްލަ 297 މިލިއަން ރުފިޔާގެ އަގު ހުރި މި މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން، ރަށެއްގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއެވެ.