06 އަހަރާއި 10 އަހަރާ ދެމެދު:
އެއްވަނަ ބަނދި ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ރައިވަރު ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ޅެން ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
11 އަހަރާއި 15 އަހަރާ ދެމެދު:
އެއްވަނަ ބަނދި ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ރައިވަރު ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ޅެން ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
16 އަހަރުން މަތި:
އެއްވަނަ ބަނދި ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ރައިވަރު ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
އެއްވަނަ ޅެން ހުށަހެޅުމަށް: ފައިސާގެ އިނާމު، ތަށި، ހަނދާނީ ލިޔުން.
ފޭސްބުކް ޕޮޕިއުލަރިޓީ އެވޯޑަށް ފައިސާގެ ޚާއްޞަ އިނާމެއް.
ބަންޖާއި ރައިވަރާއި ޅެން ކިޔުމުގެ އޮންލައިން މުބާރާތް “މިނިވަން ވާދަ 2021″ގައި ބައިވެރިވުމަށް ޢާންމުކޮށް ހުޅުވައިލައިފިއެވެ. 2020ވަނަ އަހަރު ކާމިޔާބު ކަމާއެކު “މިނިވަން ވާދަ 2020” ހިންގި ޓީމުން މަޢުލޫމާތު ދެއްވި ގޮތުގައި ކުރީގެ މުބާރާތާ ޚިލާފަށް މި ފަހަރު އިޢުލާންކޮށްފައި ވަނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ޤައުމީ މުބާރާތެއްގެ ގޮތުގައެވެ. މިނިވަން ވާދަ މުބާރާތަކީ 2020ވަނަ އަހަރުން ފެށިގެން މިނިވަން ދުވަހުގެ މުނާސަބާގައި “ފަތިސް”އިން އިންތިޒާމްކޮށްގެން FathiS ފޭސްބުކް ޕޭޖު މެދުވެރިކޮށް ބާއްވާ މުބާރާތެކެވެ.
މި ދިޔަ އަހަރު މި މުބާރާތް ހުޅުވާލީ ހަމައެކަނި ފުވައްމުލަކު ބަހުން ބަންޖާއި ޅެން ކިޔުމުގެ މުބާރާތެއްގެ ގޮތުގައި ފުވައްމުލަކަށެވެ. އެހެން ނަމަވެސް “މިނިވަން ވާދަ 2021” ގައި ބަންޖާއި ރައިވަރުގެ ބައި ހުޅުވައިލައިފައިވަނީ ޢާންމު ބަހުރުވަޔަށެވެ. ޅެން ހުށަހެޅުމުގެ ބައި ޚާއްޞަ ކުރެވިފައިވަނީ ފުވައްމުލަކު ބަހަށެވެ. މިއިން ކޮންމެ ބައެއްގައިވެސް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބައިވެރި ވުމުގެ ފުރުޞަތު އޮންނާނެއެވެ.
No description available.
މިނިވަން ވާދަ 2020″ އިނާމު ލިބުނު ބައެއް ކުދިން
2020ގެ މުބާރާތާ ތަފާތު އަނެއް ކަމަކީ މި ފަހަރުގެ މުބާރާތުގައި ބޮޑެތި މީހުންނަށްވެސް ބައިވެރި ވެވޭގޮތަށް ހުޅުވައިލައިފައި ވުމެވެ.
މިނިވަން ވާދަ 2020 މުބާރާތުގައިވެސް ކޮންމެ ވަނަޔަކަށް ވެސް ފައިސާގެ ރަނގަޅު އިނާމެއް ދީފައި ވެއެވެ.
މި އަހަރުގެ މުބާރާތް ފުޅާކޮށް ބައިވެރިވެވޭ ކެޓަގަރީތައް އިތުރުކޮށް ފައިސާގެ އިނާމުގެ އިތުރުން ތައްޓާއި ހަނދާނީ ލިޔުންވެސް ހިމަނައިފައި ވެއެވެ.
ހޮވާ ވަނަތަކުގެ އިތުރުން ފޭސްބުކްގައި އެންމެ ޕޮޕިއުލަރ ވީޑިއޯއެއް ހޮވުމަށްޓަކައި ކެމްޕޭން ކުރުމަށް ވީޑިއޯތައް ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު ކެންޕޭނު ކުރުމަށް ކަނޑައެޅޭ މުއްދަތެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެންމެ ޕޮޕިއުލަރ ވީޑިއޯގެ ގޮތުގައި ހޮވޭނީ އެންމެ ގިނަ ރިއެކްޓް ލިބޭ ވީޑިއޯއެކެވެ. މި އެވޯޑަށްވެސް ފައިސާގެ ޚާއްޞަ އިނާމެއް ކަނޑައެޅިފައި ވެއެވެ.
މިނިވަން ވާދަ 2020 އާ ޚިލާފަށް 2021ގައި ބައިވެރިކުރާ ބަންޖާއި ރައިވަރާއި ޅެން ވީޑިއޯ ކުރުމުގެ ކުރިން މިނިވަން ވާދަ ޓީމަށް ފޮނުވައިގެން ފާސް ކުރުވަން ޖެހެއެވެ.
No description available.
“މިނިވަން ވާދަ 2020” ބައެއް ހުށަހެޅުންތައް
މިނިވަން ވާދަ ޓީމުން މަޢުލޫމާތު ދިން ގޮތުގައި މި އަހަރު އެ ގޮތަށް ނިންމާފައިވަނީ މި މުބާރާތަކީ ހަމައެކަނި ކިޔުމާއި ހުށަހެޅުމުގެ ފެންވަރަށް ބަލާ މުބާރާތަކަށް ވެފައި މިދިޔަ އަހަރުގެ މުބާރާތުގައި އަދަބީ ގޮތުން އަސާސީ މިންގަނޑުތަކަށް ނުފެތޭ އުފެއްދުންތައް ބައިވެރިކޮށްފައި ވާތީއެވެ. ހަމައެކަނި ކިޔުމަށާއި ހުށަހެޅުމަށް ބަލާތީ އަދަބީ ގޮތުން ފެންވަރު ދަށް އެއްޗެއްސަށްވެސް ވަނަ ލިބުމުގެ ފުރުޞަތު އޮންނާތީއެވެ.
އެހެންކަމުން މި ފަހަރުގެ މުބާރާތުގައި ބަންޖާއި ރައިވަރާއި ޅެން ފަދަ ތަކެތި އަސާސީ މިންގަނޑުތަކަށް ނުފެތޭނަމަ މިނިވަން ވާދަ ޓީމުން އެ ފާސްކޮށެއް ނުދޭނެއެވެ. މި މުބާރާތުގައި ބައިވެރިކުރާ އެއްވެސް އެއްޗަކީ އަލަށް އުފައްދާ އެއްޗަކަށް ވާކަށް ނުޖެހޭނެއެވެ. ކުރީގެ ބަންޖާއި ރައިވަރާއި ޅެންވެސް ބައިވެރި ކުރެވޭނެއެވެ.
މި މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ބަހުގެ އަދަބިއްޔާތު މުއްސަނދިކުރުމާއި ބަހުގެ އަދަބީ އުފެއްދުންތައް ގިނަކުރުވުމާއި ބަހުގެ އަދަބިއްޔާތަށް ކުދިންނާއި ޢާންމުންގެ ހިތްތަކުގައި ލޯބި ޖެއްސުން ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރި ކުރުމަށް ބޭނުންވާ ކުއްޖެއްގެ ނުވަތަ މީހެއްގެ އައިޑީ ކާޑުގެ ފޮޓޯ 9753939 އަށް ވައިބަރު ކުރުމުން މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
މި މުބާރާތުގައި ފަނޑިޔާރު ކުރުމުގެ މިންގަނޑެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކިޔުންތެރިކަމަށް 70، ހުށަހެޅުންތެރިކަމަށް 20، އަކުރު އަދާކުރުމަށް 10އެވެ.
މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި 3 ބޭފުޅުން މަސައްކަތް ކުރައްވާނެއެވެ. އެއީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ރޯނުގޭ ޙަސަން މަނިކާއި މުބާރާތް އިންތުޒާމްކޮށް ހިންގާ ފަތުޙު ﷲ ޞާލިޙެވެ.
ކުދިންގެ ކިޔުން ވީޑިއޯ ކުރާއިރު ވީހާވެސް އަޑު ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނޭ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެފައި ވެއެވެ. ވީޑިއޯ ރިކޯޑުކުރާން ވާނީ ލޭންޑްސްކޭޕްކޮށެވެ. ބައިވެރިކުރާ އެއްޗެހި ފާސްކުރުވުމަށް ލިޔުމުން ފޮނުވާނޭ ސުންގަޑިއަކީ ޖުލައި 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ވީޑިއޯތައް ފޮނުވުމުގެ ސުންގަޑިއަކީ ޖުލައި 23ވަނަ ދުވަހުގެ ހަވީރު 06:00 އެވެ.
 އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 9753939 އަށް ގުޅާލުމުން އެހީތެރިކަން ލިބޭނެއެވެ.
No description available.
މިނިވަން ވާދަ 2020″ އިނާމު ލިބުނު ބައެއް ކުދިން