ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

އަދި އިތުރަށް ވިދާޅުވެފައި ވަނީ…

ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ތިޔަމައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެކަމުގައެވެ.

އަލީ ހުސެއިން ޓްވީޓް ކުރައްވާފައި ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، އިންޑިއާގެ ކެރެލާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ދިވެހި ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔާ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ވަޒީފާ ނުލިބިގެން ދިވެހި ގުރުއާން ޓީޗަރުން އުޅޭއިރު، އެ ފުރުސަތު ދިވެހިންނަށް ނުދީ އިންޑިއާގެ ޓީޗަރުންނަށް ދޭން ނިންމި މައްސަލަ އެވެ.