ދިވެހި މުޖުތަމަޢުގެ އަމާންކަން ގެއްލި ފެއިލްޑް ސްޓޭޓަކަށް ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުން ރަހީނުކޮށް އިހާނެތިކޮށް މަރާލާފައިވާ އުމުރުން 10 އަހަރުގެ ކުއްޖަކު ފެނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި، ޕީޕީއެމްގެ އެޑްވައިޒަރ ޑރ. ޖަމީލް ވިދާޅުވީ، ފަސްޖެހުމެއް ނެތި މިފަދަ ބޮޑެތި ކުއްތައް އާންމުވެއްޖެ ކަމަށާއި އަދި ތަހުގީގުގައި މައްސަލަ ބަލާ ކޯޓުތަކުގެ އިހުމާލުވެސް ބޮޑު ކަމަށެވެ.

” އަނެއްކާވެސް ހިތާމަވެރި މަރެއް. އިންސާފު ނުލިބޭ އެތައް މަރެއްގައި ރާއްޖޭގެ ގިނާއީ އަދުލުގެ ނިޒާމު ވާގި ނެތިފައި ” ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރަހީނު ކޮށްގެން ގެންގުޅުމަށް ފަހުގައި، އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުން ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކުޑަ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ، އުމުރުން 27 އަހަރާއި، 17 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އޭގެ ދެ މީހުންނަކީ ކުއްޖާއާއި ގާތް ގުޅުމެއް އޮންނަ ދެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.