‏މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސިލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ޑރ. ޝަހީމް މިހެން ގޮވާލައްވާފައި ވަނީ މީސްމީޑިއާގައ ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޝަހީމް މިހެން ގޮވާލާފައި ވަނީ މިފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ގޮތްގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ހުރި ދަނޑިވަޅެއްގައެވެ.

އެގޮތުން ފަހަކަށް އައިސް ބައެއް ފަރާތްތަކުން އަންނަނީ މިސްކިތުގެ ހުރުމަތްކެނޑޭފަދަ ޢަމަލުތައް ހިންގަމުންނެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މިސްކިތުގެ ސާފުތާހިރުކަން ގެއްލޭގޮތަށް އެތަނުގައި ކައިބޮއި ނިދުންފަދަ ޢަމަލުތައް ބައެއްމީހުން އަންނަނީ ހިންގަމުންނެވެ. މިފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެއެވެ.

މިސްކިތެއްގެ ތެރޭގައި މީހެއްގެ ކަންފަތްމަތީ ލަޑާ މަންޒަރެއް ފެންނަ ވީޑިއޯއެއް