ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ

ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިން ހާލަތުގައި ނެތް ރަށްތަކާއި، ގެސްޓް ހައުސް ނެތް ރަށްތަކަށް ދަތުރުކުރެވޭނެކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމަށްފަހު، މިއަދުން ފެށިގެން ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމާފައިވަނީ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މާލެ ސަރަހައްދުގައި ރެކޯޑް އަދަދަކަށް މަދުވުމާއި ގުޅިގެންނެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ، އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކުރީ މެއި ހަތަރުވަނަ ދުވަހުގަ އެވެ.