އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދަށް މަޤާމުގެ ކުރިއެރުންދީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަޤާމެއް ދީފިއެވެ.

ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނެވި ނޫޝީންއަށް ރައީސް އޮފީހުން ދީފައިވަނީ އާ މަޤާމެކެވެ. އެ މަގާމަކީ އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަޤާމެވެ. މިއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ނޫޝީންއަށް މަޤާމުގެ ކުރިއެރުން ދިނުމުން، މުސާރައަށް 32،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.