އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރަން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އިމިގްރޭޝަންގެ ފަރާތުންނެވެ.

މިހާރު އިންޑިއާގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

އިމިގްރޭޝަނުން ބުނީ، އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި، އަދި ވޯކް ވިސާގައި އެ ގައުމުން ރާއްޖެ އަންނަ އެންމެން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި މިގޮތަށް އަންނަ މީހުންނަކީ ވެކްސިން ޖަހައިގެން ރާއްޖެ އަންނަ ބަޔަކަށް ވިކަމުގައިވިޔަސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ނަމަވެސް އަދިވެސް އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެވެ.

އިންޑިއާ އިން އަންނަ މީހުން ކަރަންޓީން ކުރަން ނިންމިއިރު ބައެއް ގައުމުތަކުން ވަނީ އިންޑިއާ އަށް އެގައުމުތަކުގެ ފްލައިޓް ދަތުރުތައް ހުއްޓާލާފައެވެ.

އިންޑިއާގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ އިންޑިއާގައި ފެތުރެމުންދާ އާވެރިއަންޓެއްގެ ކޮވިޑެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް އެވޭރިއަންޓްގެ މާގިނަ މައުލޫމާތުތަކެއް އަދި ނުލިބެއެވެ. މިވޭރިއަންޓަށް ވެކްސިން މަސައްކަތް ކުރަނީ ކިހައި މިންވަރަކަށް ކަމެއް ވެސް އަދި މާބޮޑަށް ސާފެއް ނުވެއެވެ.

May be an image of text that says '22 April 2021 ANNOUNCEMENT Effective from 22nd April 2021, Maldivian citizens and Work Visa holders travelling to the Maldives from INDIA are required to undergo mandatory home quarantine for 10 (ten) days in their place of residency or work, even if vaccinated. maldivesimmigration'