މިއަދު ހެނދުނު ވެލާނާގެ ކައިރި މަގުމައްޗައް ސައިކަލުގައި ދިޔަ މީހަކު ބިންމައްޗައް ވެއްޓުމާއެކު މިނިސްޓަރ މަހުލޫފް އެ މީހާއަށް އެހީވެ، އެމީހާ ޓެކްސީއަކަށް ލާފައި އޭޑީކޭ އަށް ފޮނުވި ކަމަށް މީސް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި ވެއެވެ.

އެހެންކަމުން އެ ވެއްޓުނު މީހާގެ އަނބިމީހާ(އާމިނަތު ހަމީދު) ވަނީ އެކަމަށްޓަކައި މިނިސްޓަރ މަހުލޫފަށް ޝުކުރު އަދާކޮށްފައެވެ.

އާމިނަތު ވަހީދު ބުނެފައި ވަނީ ” އަޅުގަނޑުގެ ފިރިމީހާއަށް ދިމާވި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސް ، އަޅުގަނޑަށް ދެވެންދެން އެހީތެރިވެދީ ، އަދި އޭގެ ފަހުންވެސް ހާލު ބައްލަވާ، ދެއްވި އެހީތެރިކަމަށް މަހުލޫފަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.”

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެނިގެން ދިޔައީ ވެލާނާގެ ކައިރި، މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްއިރު، އޭނާ ކައިރީގައި މިނިސްޓަރ މަހުލޫފް އިންނަ މަންޒަރެވެ. މިނިސްޓަރއާއެކު އިތުރު ބަޔަކުވެސް އެ މީހާ ކައިރީގައި އެ ވަގުތު ތިއްބެވެ.

އެ މީހާ ބިންމައްޗަށް ވެއްޓުނު ވަގުތު ބޯޖެހި، ބޮލުން ލޭވެސް ފޭބި ކަމަށާއި، އަދި އެކަކަށްވެސް ކައިރިވާކަށް ނެކުރުނު ކަމަށްވެއެވެ.