އިންޑިއާގެ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު ހާފިޒް އަހުމަދު ސްކޫލުގައި ގާއިމުކުރަމުންދާ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އަދި މުޅިން ނުނިމޭކަން “އެފްޓީއަށް” ކަށަވަރު ވެއްޖެއެވެ.

ހާފިޒް އަހުމަދު ސްކޫލުގައި ގާއިމުކުރަމުންދާ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކުރެވެމުން ދަނީ ކުރީގެ ސަރުކާރުން އެޅުއްވި 3 ބުރީގެ އިމާރާތެއްގެ ގްރައުންޑް ފުލޯގެ ފުރަތަމަ ކުލާސް ރޫމުގައެވެ.

އެތަނުގައި މިހާރު ކުރިއަށް ދަނި ކުލަލުމާއި، ޔުނިޓް ނިންމުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތަކެވެ.

Photo credit to Leading teacher

ވަރޗުއަލްކޮށް ބޭއވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ

ނަމަވެސް އިސްވެ ބުނެވުނު ޔުނިޓްގެ ނިންމުން އިފްތިތާހު ކުރެވިގެން ދިޔައިރު ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް އެ “ޔުނިޓް” ނުނިމި ހުރިކަން ނޭނގުމަކީ އެބޭފުޅުން ތަޢުލީމީ ދާއިރާއަށް ބީރައްޓެހިކަން ހާމަވާކަމެކެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒައްތެރި މެންބަރު، އަދި ދެކުނު ދާއިރާގެ އިހްތިސާސް ތެރޭގައި ހުރި (ހާފިޒް އަހްމަދު ސްކޫލް) ހިމެނޭ ދާއިރާގެ މެންބަރުވެސް ފުވައްމުލަކުން ފުރާވަޑައިގަތީ ދާދި އިހަކަށް ދުވަހުއެވެ. .

މި މަޝްރޫގެ ދަށުން ‘އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް’ތައް ޤައިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވާކަމަށް ވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމުކުރުމަށެވެ.

މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމަށެވެ.

Photo credit to Leading teacher