ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

މިމީހާއަކީ މިއަހަރުގެ މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު ފަރާތެވެ. އަދި މިހާތަނަށް ކުރެވެނު މަސައްކަތްތަކުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްވފުލުހުން ޝުކުރު ދަންނަވައެވެ.