ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފުވައްމުލަކުގައި ދިގުވާނޑު ކައުންސިލުން ބިނާކުރި ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްފި އެވެ.

ފޮތް ބިއެމްއެލުން ހޯދުމަށްޓަކައި ޕްރޮޕޯސަލް ކޮމިއުނިޓީ ފަންޑަށް ލައިގެން ކާމިޔާބު ކުރީ ފާތިމަތު ރަޝީދެވެ. އޭނާ ބުނެފައިވާ ގޮތުގައި ފުވައްމުލަކުގައި  ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތްތައް ކިޔާލެވެން  ހުރުމަކީ ދެކޭ ހުވަފެނެއް ކަމުގައެވެ.

މިކަން ކުރުމުގެ ބޭނުމަކީ ފޮތް ކިޔުމުގެ ފުރުސަތު ހުރިހާ އުމުރަކަށް ހޯދައި ދިނުންކަމަށެވެ.

ބީއެމްއެލުން ވަނީ ތަފާތު ވައްތަރުގެ ފޮތްތައް ހަދިޔާކޮށްފައެވެ.

ދިގުވާޑު ކައުންސިލުން ބިނާކުރި ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އަށް ޕާކިސްތާނު ސަރުކާރުން ވެސް ވަނީ 2017 ވަނަ އަހަރު ގިނައަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ. މިފޮތްތަކާއި ހަވާލުވެފައި ވަނީ ދިގުވާނޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފާއި ކައުންސިލް މެމްބަރު އަލީ ޒައިދު އެވެ.

ފުވައްމުލަކު ޕަބަލިކް ލައިބުރަރީ ހުންނަނީ ދިގުވާނޑު އަވަށާއި ދަޑިމަގު ގުޅޭ ހިސާބުގެ އެމްޖޭއެމް ސްކޫލް ކައިރީގައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅެ އެވެ. އެއީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަން ކަމަށެވެ.