ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށުގައި އަބްދުﷲ އިބުރާހިމް(ކަޅުފެހި) “އެމްއާރުޑީސީ”ގެ ފުވައްމުލަކު އޮފީހުގެ މެނޭޖަރަކަށް ހުންނެނެވި ދުވަސް ވަރު ދޫނޑިގަން އަވަށުގެ ޒުވާނުންް ފޫޓް ބޯޅަ ކުޅުމަށްޓަކައި ތައްޔާރު ކޮށްދިން ދަނޑުގެ ސަބް ބޭސް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 ރުފިޔާއަށެވެ.

“ކަޅުފެހި” ދޫނޑިގަން އަވަށުގައި ފޫޓް ބޯޅަ ދަނޑެއް ހެދުމަށް އެހާ އިސްކަމެއް ދިނީ ބެލެވޭ ގޮތުގައި އެ އަވަށުގެ ޒުވާނުން ފޫޓް ބޯޅަ ކުޅެން ދަނޑެއް ނެތުމުން އެޒުވާނުންގެ އިހުސާސް ތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ކައުންސިލަށް ވާދަ ކުރައްވާ “ކަޅުފެހި” ކުރައްވާފައި މިވާ މަސަތްކަތް ފުރިހަމަ ކުރުމަށްޓަކައި އިންތިޚާބާ ދިމާކޮށް ސަބްބޭސް އެޅުމަށް ބަޔަކާއި ހަވާލު މިކުރީ އެއްވެސް ހާަލެއްގައި އިއްތިފާޤެއް ނޫނެވެ. “ކަޅުފެހި” ނިސްބަަތްވާ ދާއިރާގެ މެންބަރަކީ “ކަޅުފެހި”އާއި އާއިލީގޮތުން ވަރަށް ގާތް ބޭފުޅެކެވެ. އަދި އެބޭފުޅޫގެ އިންތިޚާބުގައި “ކަޅުފެހި” ވަނީ ބޮޑު ދަޢުރެއް އަދާކޮށްފައެވެ.

ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރީ ދޫނޑިގަން އަދި ފުނާޑު އަވަށުގެ ރައްޔިތުންގެ ވޯޓުންނެވެ. ފުނާޑު އަވަށު ދަނޑުގެ ސަބުބޭސް އަޅަން މަޖިލީހަށް އާ މެންބަރަކު އިންތިޚާބު ކުރަން ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.

ދެތިން މަރުމޯލުނަށް ކުނިކޮށިން ވަޒީފާދިނުމަކީ ޒުވާނުންގެ އިހްސާސްތަކުގެ އަޑު އެހުންކަމަކަށް ތަހުޡީބު މުޖުތަމައެއް ޤަބޫލެއް ނުކުރާނެއެވެ.

ކަޅުފެހި ވަނީ ދަނޑު ތައްޔާރު ކުރުމަށްޓަކައި ފުވައްމުލަކު ކުނިކޮށިން ބޭރުކުރި ފަސްތައް ރީސައިކަލް ކޮށްގެން ބޭނުންކޮށްފައެވެ.