ބެރީ ފްރުޓްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކަމުދާ އެއް މޭވާ އަކީ ސްޓްރޯބެރީއެވެ. އެންޓި އޮކްސިޑެންޓުތަކުން މުއްސަނދިކަން ލިބިފައިވާ ސްޓްރޯބެރީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ.
މިއީ ރާއްޖޭގައި ހައްދާ އުޅޭ މޭވާއެއް ނޫންނަމަވެސް، ގިނަ މޭވާ ވިއްކާ ފިހާރަތަކުން ސްޓްރޯބެރީ ލިބެން ހުރެއެވެ. ދިވެހިންގެ ތެރޭގައިވެސް ސްޓްރޯބެރީގެ މަޤްބޫލްކަން ވަކި ކުޑައެއް ނޫނެވެ. މިއީ ވަރަށް ގިނަ ފައިދާތަކެއްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.
ގިނަ މީހުންނަށް މީރު މި މޭވާ އަކީ ހުތްފޮނި ރަހައެއްދޭ، ބަލާލަންވެސް ރީތި މޭވާއެކެވެ.
ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން އަބަދުވެސް ބަރުދަން ލުއި ކުރަން ކެވިދާނެ ކެއުންތަކަކީ ކޮބައިތޯ ބަލައެވެ. ތިބާއަކީ ބަރުދަން އިތުރުކަމުން، ބަރުދަން ލުއި ކުރަން ބޭނުންވާ މީހެއްނަމަ ސްޓްރޯބެރީ ކާން ފަށާށެވެ. މިއީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ މޭވާއެކެވެ. ސްޓްރޯބެރީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އެ ކެއުމަށްފަހު ކާހިތް ކުޑަ ކޮށްދޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
ސްޓްރޯބެރީއަކީ މާބަނޑު ދުވަސްވަރު ކެއުން އެދެވިގެންވާ މޭވާއެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު މި މޭވާ ކެއުމުން އުފަންވާ ކުދިން އައިބު ވުމުން ސަލާމަތް ކޮށްދޭނެ ކަމަށް ސިއްހީ މާހިރުނން ބުނެއެވެ. ސްޓްރޯބެރީގައި މާބަނޑު އަންހެނުންނަށް ބޭނުންވާނެ ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ.