ޕީޕީއެމްގެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓް “އަތީޤް”(ބާބާ)_މިއަދުން ފެށިގެން ފުވައްމުލަކުގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ އިސްމާއިލް ރަފީޤަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށް އިޢުލާން ކޮށްފިއެވެ.

އަތީޤް އިސްމާއިލަށް ތާއިދުކުރާކަން އިއުލާންކޮށްފައި ވަނީ ފޭސްބުކް ގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ބުނެފައި ވަނީ”

އަޅުގަނޑު “އަތީޤްކަލޯ” މިއަދުން ފެށިގެން ސިޓީގެ މޭޔަރު ކަމަށް އިސްމާއިލް ރަފީޤަށް ތާއިދު ކުރަން މި ނިންމީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި، މިވަގުތު ފުވައްމުލައް ސިޓީއަށް އެންމެ ހެޔޮގޮތަކީ އިސްމާއިލްއަށް ސަޕޯޓްކޮށް އިސްމާއިލްގެ ދުރުރާސްތާ މެނިފެސްޓޯ ތަންފީޡް ކުރުމަށް އެހީތެރިވެ ދިނުން ކަމުގައި ދެކޭތީ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން ރައީސް ޔާމީނަށް ކުރާ ތާޢިދަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި އެކަމާ ޕީޕީއެމްގެ އެއްވެސް މެންބަރަކު ކަންބޮޑު ނުވުމަށް ވެސް އަތީޤް ބުނެފައިވެއެވެ.

May be an image of 19 people and people smiling

އަދި އަތީޤް ނިސްބަތްވާ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު ޝުޖާއަށް ފުރިހަމައަށް ތާއިދުކުރާ ކަމުގައިވެސް އަތީޤް ވަނީ ބުނެފައެވެ.

އަތީޤްގެ މި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ދަނީ މަރުޙަބާގެ ކޮމެންޓްތައް މީސް މީޑިއާގައި ކުރަމުންނެވެ. އަތީޤްގެ އަނބިކަންބަލުން ކޮމެންޓެއްގައި ޓެގްްކޮށް އައްސަވާފައި ވަނީ ކިތައް މިލިއަން ރުފިޔާ ލިބުނުތޯއެވެ. ކޮންމެވެސް ކުއްޖަކު އަނބިކަމަނާ ބުނެގެން ނިންމި  ނިންމުމެއްތޯ އެއްސެވެމުން ޖަވާބުގައި ބުނެފައިވަނީ ތިމަންނަ ބުނެގެން ނިންމި ނިންމުމެއް ނަމަ ފިރިކަލުންނަށް ދެރަގޮތެއް ނުވާނެ ކަމުގައެވެ.