ފުވައްމުލަކު މެދު ދެކުނު ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރާ މުހައްމަދު އިސްމާއީލް އާއި ބެހޭ ގޮތުން އޮންލައިން ނޫސް “މިކަލް ނޫސް” ޚަބަރަކީ 16 ޖޫން 2015 ވަނަ ދުވަހު އެ ނޫހުގައި ޝާއިރުކޮށްފައިވާ ލިޔެމެކެވެ.  ފުވައްމުލަކު ޓައިމްސް އާއި ވާހަކަ ދެއްކި މުޙައްމަދު އިސްމާޢިލްގެ އެ މައްސަލާގެ ވަކީލު ވިދާޅުވީ ” އެ މައްސަލަ އަކީ އެއްވެސް އަސާސެއްނެތް ކަމެއް، އަދި ސިޔާސީ މަޤްސަދެއްގެ މައްޗަށް އުފުލި ދައުވާއެއް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ 2017 ވަނަ އަހަރު ވަނީ ނިމިފަ، އެހެންކަމުން އެއީ ނިމިފައިވާ ވާހަކަތަކެއް ، ކުރިޔައް އޮތް ކައުންސިލް އިންތިޚާބުގައި މުޙައްމަދު އިސްމާޢިލް ބޮޑުތަނުން މޮޅުވާނެތީ އަގު ވައްޓާލަން އަނެއްކާ ވެސް އެ ވާހަކަ ދައްކަނީ ” ކަމަށެވެ. 

ފޭސްބުކުގައި ވިޔަސް އަދި އާއްމު ވާހަކަ ދެއްކުމުގައި، ސާފު ތެދު ބަހުން ވާހަކަ ދެއްކުމާއި ، ތެދު ޚަބަރު ފެތުރުމާއި ، ފިތުނަ ފަސާދައަށް މަގުފަހި ނުވާގޮތަށް އެންމެން މަސައްކަތް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުން އޮތުމަށް މަގު ފަހިވާކަމެކެވެ.