ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އަލުން އުފެދިގެން އަންނަ ކައުންސިލްގެ ފަރާތުން ދެކެން އެންމެ ބޭނުންވަނީ ފަރުދުން ކުރާ ވިޔަފާރިތަކަށް ފުޅާ ޖާގައެއް ލިބިގެން ދިއުންކަމަށް ފުވައްމުލައް ސިޓީއަށް ގެސްޓް ހައުސް ވިޔަފާރި ތަޢާރަފް ކުރުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވި އެއްބޭފުޅެއް ކަމުގައިވާ އަބްދުﷲ ޚާލިދު ސަޢުދު ވިދާޅުވެއްޖެ އެވެ.
ސަޢުދު މިހެން ވިދާޅުވެފައި ވަނީ މީސް މީޑިއާގެ ވަސީލަތެއްކަމުގައިވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަޢުދު އިތުރަށް ވިދާޅުވެފައި ވަނީ ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިމެއްގައި ގެސްޓް ހައުސް ހެދީ ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ.
އަދި މިލިއަނުން ޚަރަދު ކުރީ ކައުންސިލްގައި ތިއްބެވީ އިންސާނުންކަމަށް ދެކިގެން ކަމަށެވެ.
ނަމަވެސް ކަން ހިނގައިގެން ދިޔައީ ދިމާ އިދިކޮަޅަށެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކަން ދެއްވީ 24 ގަޑި އިރެވެ. ނުދައްކައިފިނަމަ ޢިމާރާތާއި ގޯތި އަހުރެންގެ ކިބައިން ނެގޭނެ ކަމަށް ބުނެ އެންގިއެވެ. ދާދި ފަހުން ފެނިގެން ދިޔައީ ރެސޯޓް ޑެވެލޮޕް ކުރަން ދޫކުރެވިފައިވާ 40 އަށްވުރެ ގިނަ ރަށްތަކަށް ކުލީގެ ގޮތުގަޔާއި ޖޫރިމައިނާގެ ގޮތުގައި އަރާފައިވާ އެތައް މިލިޔަން ޑޮލަރު މުޅިންހެން މަޢާފު ވެގެން ދިޔަތަނެވެ.

ރަށްތަށް އަނބުރާ ނުނަގައެވެ. މީ މައި ސަރުކާރުން ކަންތައް ކުރާ ގޮތް ކަމަށްވާއިރު ފުވައްމުލައް ކަހަލަ ތަހުޒީބު ރަށަކުން މިކަހަލަ ޒާތީވުމުގެ ޢަމަލެއް ކައުންސިލް ތެރެއިން ހިނގާ ދިޔަކަމީ ވަރަށް އަސަރު ކުރި ކަމެކެވެ. އަލުން އުފެދިގެން އަންނަ ކައުންސިލްގެ ފަރާތުން އަހުރެން ދެކެން އެންމެ ބޭނުންވަނީ ފަރުދުން ކުރާ ވިޔަފާރިތަކަށް ފުޅާ ޖާގައެއް ދިނުމެވެ. ސަޢުދު ވިދާޅުވެފައިވެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ގޯތިތެރޭގައި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހަދާފައިވާ އޮފީސް އެކޮމޮޑޭޝަން އިމާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަބްދުﷲ ޚާލިދު ސަޢުދުއާއި ދެމެދު ތާޑް ޕާޓީއަކަށް ނުދެވޭގޮތަށް އެގްރީމެންޓްކޮށް ކުއްޔަށްދީފައިވާ އިމާރާތެކެވެ. ވަރަށް ކުޑައަގެއްގައި ކުއްޔަށް ދީފައިވާ މި އިމާރާތް ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތު މާހައުލް ތަނަވަސް ކޮށްދިނުމަށް އަނބުރާ ކައުންސިލަށް ނެގުމަށް ގިނަބަޔަކު ދަނީ އެދެމުންނެވެ. ހަމައެހެންމެ އަލަށް ހޮވޭ ކައުންސިލުން އެގުރިމެންޓްގައި ލިޔެފައިވާ އެއްޗެއް ރައްޔިތުންނަށް ހާމަކުރުމަކީވެސް ގިނަބަޔަކު އިންތިޒާރު ކުރާކަމެކެވެ.

May be an image of outdoors and tree

އަދި ފުވައްމުލަކުގައި ގެސްޓްހައުސް ހިންގަން ފުރުސަތު ދޭންޖެހޭނީ ފަރުދުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަކަށް ކަމަށްވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.