މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޑެބިޓް ކާޑު ލޯންޗުކޮށްފި އެވެ.

އެމްއައިބީ އިން ލޯންޗުކޮށްފައި ވަނީ ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓު ކާޑެވެ.

އެމްއައިބީ އިން ނެރުނު ބަޔާނެއްގައި ބުނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވިސާ ގަބޫލުކުރާ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމް ތަކުން ހިދުމަތް ހޯދޭނެ ކަމަށެވެ.

ވިސާ ޕްލެޓިނަމް އަކީ ޕްރީމިއަމް އޮފަރިންގ އެކެވެ. ވިސާ ގޯލްޑް ކާޑާ އެކު ‘އެވްރީޑޭ ބެނެފިޓްސް’ގެ ނަމުގައި ޑިސްކައުންޓް ސްކީމެއް ތައާރަފްކޮށްފައިވާއިރު، އެ ސްކީމުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބެންކުން ބުންޏެވެ.

އެމްއައިބީ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ވެލިއު އެޑެޑް ހިދުމަތްތައް ތައާރަފުކުރާނެ ކަމަށެވެ.