100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. މަކުނުދޫ އަށް ތައާރަފްކޮށްފިއެވެ. ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހދ. މަކުނުދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެއެވެ.

“ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރެވޭނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދެވިގެން. އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގެ ތެރެއިން މިއަދު އަޅުގަނދުމެން މިވަނީ އުރީދޫ ހޯމް ބްރޯޑްބޭންޑް ސުޕަރނެޓްގެ ޙިދުމަތް ހދ. މަކުނުދޫ އަށް ތައާރަފްކޮށްފަ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ހެޔޮ އަގުގައި މިހާރު މަކުނުދޫގެ ރައްޔިތުންނަށް ލިބި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ އިތުރު ފުރުސަތުތަކާއެކު އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދިނުން” އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިގޮތުން މަކުނުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. 

މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.