ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒައްތެރި މެންބަރ މުހަޢްމަދު މުމްތާޒް ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންްސް އޭންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މަޢްސަލާގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުނީ އާލާސްކަން ފުޅާ އުޅުއްވާތީ ކަމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން “ފުވައްމުލައް ޓައިމްސްއަށް” ކަށަވަރުކޮށްދީފި އެވެ.

ޕީޖީ ގްރޫޕްގެ މެންބަރަކު “ފުވައްމުލައް ޓައިމްސް” އަށް ވިދާޅުވީ މުމްތާޒް އާލާސްކަންފުޅާ އުޅުއްވީ ކޮވިޑުގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި އުޅުއްވާތީ ކަމުގައެވެ. އަދި ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުމުން ތަފާތު ގޮތްގޮތަށް އެ ބޭފުޅާއި ބެހޭގޮތުން އަޑު ފެތުރިފައިވީ ނަމަވެސް ޕީޖީ ގްރޫޕްގެ ފުރިހަމަ އިތުބާރު މުމްތާޒްގެ މައްޗައް އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.

މުހަޢްމަދު މުމްތާޒް “ފުވައްމުލައް ޓައިމްސް”އަށް ވިދާޅުވީ ޕާޓީން ތްރީ ލައިން ވިޕެއް ނެރެފައި އޮންނަކަމެއްގައި އެކަމަކުން ދިވެހި ރައްޔިތުންނަށް ގެއްލުންވާ ކަމެއްގައި މެނުވީ ވިޕާއި ޚިލާފުވެވަޑައި ނުގަންނަވާނެ ކަމުގައެވެ. އަބަދުވެސް ސަރުކާރާއި ޕާޓީއަށް ތެދުވެރި މީހެއްގެ ގޮތުގައި ހުންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

މުމްތާޒް އިތުރަށް ވިދާަޅުވީ ” ފުވައްމުލައް ޓައިމްސް “އިން މުމްތާޒުގެ ބަހެއް ނުހޯދާ އެބޭފުޅާއި ބެހޭ ގޮތުން ޚަބަރު ގެނެސް ދިނިތީ ހިތާމަ ކުރައްވާ ކަމުގައެވެ. މުމްތާޒް އެހެން ވިދާޅުވި ކަމުގައިވިއަސް “ފުވައްމުލައް ޓައިމްްސްގެ” ޖާނަލިސްޓެއް ކަމުގައިވާ “މަރިޔަމް ޝާނީ” މުމްތާޒުގެ ބަހެއް ލިބޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެމަސައްކަތް ކާމިޔާބު ވާގޮތް ނުވީ މުމްތާޒް އާލާސްކަންފުޅާ އުޅުއްވާތީ ކަމުގައި ވެދާނެއެވެ.

މުހައްމަދު މުމްތާޒަކީ އަބަދުވެސް ރަޢްޔިތުންނާއި ގާތް ގުޅުމެއް އޮންނަ އަޚްލާގް ރަނގަޅު ޚުލްގް ހެޔޮ ސާދާސިދާ މިޒާޖެއްގެ މަޑުމައިތިރި ހިތްތިރި ބޭފުޅެކެވެ.