ޒުވާން ވިޔަފާރިވެރިޔާ އަދި އެލް މޯބައިލްގެ ޑައިރެކްޓަރ އަލީ އަބްދުﷲ ފުވައްމުލައް ސިޓީ ކުޑަކުދިންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަލީ އަބްދުﷲ މިފަހަރު އެހީވެފައިވަނީ ޏ.ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަމާންވެށީގައި ދިރިއުޅޭ ކުޑަކުދިންނަށެވެ. އެގޮތުން ކުޑަކުދިންގެ ހިތްހަމަ ޖެހުމާއި އުފަލަށް ޢަލީ އަބްދުﷲ ވަނީ އަގުބޮޑު ބައެއް ތަކެތި ހަދިޔާކޮށްފައެވެ.  މިކަމަށްޓަކައި އެ މަރުކަޒުގެ ހުރިހާ މުވައްޒަފުން ވަނީ ޢަލީ އަބްދު|ﷲއަށް ޝުކުރު އަދާކޮށްފައެވެ. އަދި ފުވައްމުލަކަކީ ދުނިޔޭގައިވާ އެންމެ އުފާވެރިތަން ކަމުގައިވެސް ލިޔެފައިވެއެވެ.

އަބަދުވެސް އިޖުތިމާއީ ޚިދުމަތްކޮށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަލީ އަބްދުﷲ ދާދިފަހުން ވަނީ އޭނާގެ ފޭސްބުކްގައި  މީހުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށް ހިތްވަރުދެއްވާ ޕޯސްޓެއްކޮށްފައެވެ. 

އެގޮތުން އަލީ އަބްދުﷲގެ ޕޯސްޓުގައި ވަނީ…

“އެހީވާށެވެ. އެހީތެރިވެދޭށެވެ.” މިހެންނެވެ. 

އިތުރަށް އެޕޯސްޓްގައި ބުނެފައިވަނީ، ޚާލިގުވަންތަ ﷲ އިންސާނުންގެ މެދުގައި ރިޒުގު ބައްސަވާފައިވަނީ އެކެއް އަނެކެއްގެ ބޭނުން ޖެހޭ ގޮތަށް ކަމަށާއި، ފޯރާ މީހުންގެ މުދަލުގައި ނިކަމެތިންގެ ހައްގުތަކެއް ވާކަމަށެވެ.

ޢަލީ އަބްދުﷲ ވަނީ މީގެކުރިންވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިހާރުވެސް ދަނީ އެހީތެރިވަމުންނެވެ.