ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ނަޒްރާ ނަސީމުގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފް (އެލީ) އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ކުއްޖެކެވެ. ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ ދަރިވަރެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް އެލީ ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

އެކި މުނާސަބަތުތަކާއި ގުޅުވައި އެލީ ގެންދަނީ އޭނާގެ އަޑުން ރެކޯޑް ކޮށްގެން ލަވަތައް ގެނެސް ދެމުންނެވެ. ޝައުގުވެރި ތަފާތު މަންޒަރުތައް ހިމަނައިގެން ގެނެސްދޭ އެ ލަވަތަކަށް ބޮޑު މަގުބޫލު ކަމެއް ލިބެއެވެ. މިއަދަކީ އެލީގެ 8 ވަނަ އުފަން ދުވަހެވެ. އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އެލީވަނީ ހާއްސަ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އިބްރަތުން ފުރިގެެންވާ މި ލަވައިގެ ތީމަކީ “ހަނގާ” ކުރުމާ ދެކޮޅަށް ތެދުވުމެވެ. މޯލްޑިވިއަން އައިޑޮލްއިން ފާހަގަވި ހަމޫދުއާއެކު އެލީ ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ތައްޔާރު ކޮށްފައިވަނީ ލަައިޓް އައުޓްގެ ފަރާތުންނެވެ. މިއުޒިކު ތައްޔާރުކޮށްފައިވަނީ ބީޓޮލިޖީ ސްޓޫޑިއޯއިންނެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކޮށްގެން ތައްޔާރުކޮށްފައިވާ މި ވީޑިއޯ ލަވައިގައި “ހަނގާ” ކުރުމާ ދެކޮޅަށް އެންމެން އެއްބައިވެގެން ތެދުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ލައިބާގެ ބައްޕަ މިނިސްޓަރު މަހުލޫފާއި މަންމަ ނަޒުރާ ނަސީމުވެސް ފެނިގެންދާ މި ލަވައިގައި ލައިބާ އާއި ހަމޫދުވެސް ފެނިގެންދެއެވެ.