ފުވައްމުލަކު އެއާޕޯޓުން ފުރަަންްދާ ޕެސެންޖަރުންގެ އަންޑަރ ގާމެންޓްސް ހާވާތީ ރައްޔިތުން ރުޅިގަދަވާން ފަށައިފިއެވެ.

ފުވައްމުލަކުން ނަން ހާމަކުރަން ބޭނުން ނުވާ ކަނބަލަކު “އެފްޓީއަށް” ކިޔާދިން ގޮތުގައި ފުވައްމުލަކު އެއާޕޯޓުން ފުރަންގޮސް ތިބޭއިރު އެތައްބާވަރު ބަޔަކު ބަލަހަޢްޓައިގެން ތިބޭ ވަގުތުތަކުގައި މިފަދަ ކަންތައްތައް ކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ތިމަންނަޔަށް މިހެން ދިމާވި ކަމުގައިވިޔަސް އެހެން އެއްވެސް ފަރާތެއްގެ ޤަދަރާއި ކަރާމާތް ގެއްލޭކަށް ނޭދޭކަމަށްވެސް ކިޔާދިނެވެ.

އަދި ސްކޭން މެޝިން ހަލާކުވެ މިހާ ގިނަ ދުވަސް ވާއިރުވެސް މެޝިން އަލުން އޮޕަރޭޝަނަށް ނުގެނެވި ހުރުމަކީ ބޮޑު މައްސަލައެއް ކަމުގައި ދެކޭކަމަށެވެ.

” ފުރަން ދިޔާމަ ހުރިހާ ލަގަޖު ތަކެއް ހުޅުވަން އެބަ ބުނޭ، ލަގަޖުގަ ހުރި ހުރިހާތަކެއްޗެއް ނަގާ މޭޒެއްގެ މަތީ ބަހައްޓައިގެން ފަހަރަކު އެއްޗެއް ބަލައި ފާސްކުރަމުން މިދަނީ، މިއީ އެއްވެސް ގޮތެއްގަ ރަނގަޅު ގޮތެއް ނޫން. ޚާއްސަކޮށް އަންހެނުންގެ އަންނައުނު ފަދަ ތަކެތި ހުރިހާ މީހުންގެ ތެރޭ ބަލާ ފާސްކުރުމަކީ ވަރަށް ދެރަ ކަމެއް” އެކުއްޖާ ކިޔާދިނެވެ. އަދި ކިތަންމެ ވަރަކަށް ހޭވިޔަސް ގެންގުޅޭ ނާޒުކު އެއްޗެއް ނުފެންނާނެ ކަމަށާއި އެ ފެންނާނީ ރުހުމުގައި ދެއްކީމަ ކަމަށްވެސް އެ ކުއްޖާ ބުންޏެވެ.

ފުވައްމުލަކު އެއަރޕޯޓްގައި ބޭނުން ކުރަމުންދާ ލަގެޖު  މެޝިން ހަލާކުވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާތާ މިހާރު 4 މަަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދި މިހާތަނަށް އެ މައްސަލައަށް ހައްލެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

ލަގެޖު  މެޝިން ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ދަތި ތަކަކާއި ކުރިމަތި ވަމުންދާ ކަމަށާއި، އެގޮތުން ވަކިވަކިން ކޮންމެ ދާގީނާއެއް ހުޅުވާ ބަލައި ފާސްކުރަން ޖެހުމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތަށް ބުރަވުމުގެ އިތުރުން ރައްޔިތުންގެ ނުރުހުން ތަކާއި ވެސް މުވައްޒަފުން ކުރިމަތިލާން ޖެހިފައިވާ ކަމަށް މަ|ޢުލޫމާތު ވަނީ ލިބިފައެވެ.

އަދި މިކަން ހައްލުކުރުމަށް ޓަކައި ހަލާކުވެފައިވާ މެޝިނުގެ ސްޕެއަރ ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. ފުވައްމުލަކަކީ ވަރަށް އާބާދީ ބޮޑު ސިޓީއެކެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް “އެފްީޓީގެ” ޖާނަލިސްޓް “ސުދާ ” ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ނާކާމިޔާބ ުވެފައެވެ.

ފޮޓޯ: ކުދުބެއްޔާގެ ސަވާދު/ ފޭސްބުކް
Photo credit : Kudhubehyaage sawad