ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ “ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023” ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިހާރު ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިޔަށްދާ ރަސްމިއްޔާތެއްގައިއިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ މިއީ ވަކި ކުޅިވަރަކަށް، ނުވަތަ ވަކި ރަށަކަށް ހާއްސަކޮށް ދޭ އެހީއެއް ނޫން ކަމަށެވެ. މިއީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ވެދޭ އެހީއެއް ކަމަށާއި އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދޭން އެހީތެރިވުމަށް ނިންމަވާފައިވާ ކަމަށް ޖައިޝަންކަރް ވިދާޅުވިއެވެ.

މި ހުރިހާ ވަސީލަތްތައް ގާއިމުކުރުމާއެކު މިއިން ޒަމާނެއްގައި ނުދެކޭހާ ބޮޑަށް ރާއްޖޭގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މިކަމުގައި އިންޑިއާގެ ބައިވެރިވުން އޮތުމަކީ ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޖައިޝަންކަރް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ޖައިޝަންކަރް ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގެ ކްރިކެޓް ކުރިއެރުވުގެ ގޮތުން އަވަސް މުސްތަގުބަލެއްގައި ކްރިކެޓް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޗެންނާއީގައި ފެށިގެންދާނެ ކަމަށް ޖައިޝަންކަރް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފެނިގެންދިއުމަކީ ބޮޑު އުއްމީދެއް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިހާތަނަށް ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ގިނަ އެހީތަކެއް ވެދީފައިވެއެވެ. އެގޮތުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސާމާނު ހަދިޔާކޮށްފައިވެއެވެ. އަދި ދާދިފަހުން ހުޅުވި ސިންތެޓިކް ޓްރެކްވެސް ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

މީގެއިތުރުން ކުޅިވަރުތަކުގެ ތެރެއިން ކްރިކެޓް ކުރިއެރުވުމަށް އިންޑިއާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތެރިކަމެއް ވެދޭން ނިންމާފައެވެ. އަދި ހުޅުމާލޭގައި ބައިނަލްއަޤްވާމީ ކްރިކެޓް ސްޓޭޑިއަމެއް ވެސް އަޅައިދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތަކުގައި ވެސް އިންޑިއާއިން ބޮޑު އެހީތެރިކަމެއް ވިއެވެ. މީގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އެތްލީޓަކީ މި ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. އޭނާ އެންމެ ފުރަތަމަ ތަމްރީނު ފުރިހަމަކޮށްފައި ވަނީ އިންޑިއާއިންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރާއިބެހޭ މިނިސްޓަރ އަހުމަދު މަޙްލޫފް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅައް ދިވެހި ރަޢްޔިތުންދަނ|ީ އައްސަރިބަހާއި ސާބަސް ދެމުންކަން ފާހަގަކޮށްލަންޖެހެއެވެ.