ބަޔޯސްފިޔަރ ރިޒާވަކަށް ފުވައްމުލަކުސިޓީ ހަދަން ނިންމާފައިވާކަމަށް ފުވައްމުލަކުސިޓީކައުންސިލުން ހާމަކުރައްވައިފިއެވެ.

ފުވައްމުލަކުޓައިމްސްއަށް މައުލޫމާތުދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔާރ އަބްދުﷲ ފަލާހުޝަރީފް ވިދާޅުވީ މިމަހުގެ 28ވަނަ ދުވަހު ބާއްވާ ޔުނެސްކޯގެ މެން އެންޑް ބަޔޯސްފިއާރގެ އިންޓަނޭޝަނަލް ކޯޑިނޭޝަނަލް ކައުންސިލް ގެ ބައްދަލުވުމުގައި ފުވައްމުލަކުސިޓީއަށް ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގެ ލަގަބު ލބޭނެކަމުގެ އުފާވެރި ޚަބަރު ކައުންސިލަށް ލިބިފައިވާކަމަށެވެ.

ބަޔޯސްފިއަރ ރިޒާވް އަކީ ތަނެއްގައިވާ ގުދުރަތީރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލުނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކޮށް ބެލެހެއްޓުމެވެ.

ބަޔޯސްފިއަރ ރިޒާވަކަށް ފުވައްމުލަކު ސިޓީ ކަނޑައެޅުމައް ކުރަމުންދާ މަސަތްކަތް ތަކުގެތެރެއިން ވެބިނަރއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ފުވައްމުލަކުސިޓީ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

މިވެބިނާރގެ މައިގަނޑު މަގުސަދަކީ ބަޔޮސަފިއަރ ރިޒާވަކަށް ވުމާއި ގުޅިގެން ފުވައްމުލަކުސިޓީއަށް ލިބިގެންދާނެ ފުރުސަތުތައް ހިއްސާކުރުމާއި ބަޔޮސްފިއަރ ރިޒާވްގެ ދިހަ އަހަރުގެ އެކްޝަން ޕްލޭނާއި، ބަޔޮސްފިއަރ ރިޒާވާއި ގުޅޭ ގާނޫނީ އޮނިގަނޑާމެދު މަޝްވަރާކުރުމަށް ބާއްވާ ވެބިނަރއެއް ކަމައް ސިޓީކައުންސިލުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން ބ.އަތޮޅު ބަޔޯސަފިއަރ ރިޒާވްގެ ތަޖުރިބާ ބ.އަތޮޅު ކައުންސިލާއި އެއަތޮޅުގެ ބަޔޮސަފިއަރ ރިޒާރވްގެފަރާތުން މިވެބިނަރގެ ބައިވެރިންނާއި ހިއްސާކުރެއްވުމައް ހަމަޖެހިފައިވާ ކަމައްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކުޝަން އޭޖެންސީ އާއި ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ބައިވެރިވުމާއެކު މިނިސްޓްރީއޮފް އެނަވަޔަރމެންޓުން އައްޑޫސިޓީ އާއި ފުވައްމުލަކްސިޓީއަށް އަމާޒުކޮއްގެންބޭއްވުމަށް ހަމަޖެހިފައިވާ މިވެބިނަރ ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ.

މިވެބިނަރގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 25ވަނަދުވަހުގެނިޔަލައް  ހުޅުވާލާފައެވެ.

އެގޮތުން އަމިއްލަ ޖަމްއިޢްޔާތަކާއި ސަރުކާރާއި އަމިއްލަކުންފުނިތަކާއި މަސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ފަރާތްތަކުގެއިތުރުން ދަނޑުވެރިކަމާއި ދިވެހި ބޭސްވެރިކަންކުރައްވާ ފަރާތްތަކަށްވެސް މިވެބިނަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ސިޓީކައުންސިލުން މައުލޫމާތުދެއްވިއެވެ.

މީގެއިތުރުން  ސަގާފީ މަސައްކަތް ކުރައްވާ ފަރާތްތަކާއި ޒުވާނުންގެ ޖަމިއްޔާ ތަކާއި ފުވައްމުލަކުގެ ޒުވާނުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރަގައި އުޅުއްވާ ފަރާތްތްކާއި އާއްމު ރައްޔިތުންނަށްވެސް މިވެބިނަރގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މިވެބިނަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ25 ވަނަ ދުވަހުގެ 14:00ގެކުރިން ސިޓީކައުންސިލްގެ ހޮޓްލައިންއަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމައް ސިޓީކައުންސިލުން އެދިވަޑައިގަންނަވައެވެ.

ފުވައްމުލަކުސިޓީކައުންސިލްގެ ހޮޓްލައިން ނަންބަރަކީ 7487900